-8402fff9.png)
އައިޝަތު ހިދާޔާ

މޫސުން ގޯސްވެ މަގުތަކުގައި ފެން ބޮޑުވެފައި -- ފޮޓޯ/ ފުލުުހުން
ޖުމްހޫރީ ދުވަހާ ގުޅިގެން ދިގު ޗުއްޓީއެއް ސަރުކާރު މުވައްޒަފުންނަށް ލިބޭއިރު, މޫސުން ގޯސްވުމުން އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ނޮވެމްބަރު 11ވަނަ ދުވަހަކީ ބުދަ ދުވަހެކެވެ. އެ ދުވަހާ ޖެހިގެން ރަސްމީ ދުވަހެއް އަންނާތީ އެއީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިއެވެ. އެހެންކަމުން ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ހިމެނޭހެން މި ހަފުތާ ބަންދުގައި ހަތަރު ދުވަސް ސަރުކާރު މުވައްޒަފުންނަށް ބަންދުގެ ގޮތުގައި ލިބޭނެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްކަމަށް ލަފާކުރާތީ ފުލުހުން ނެރުނު އިލްތިމާސްގައި ވަނީ ސަމާލުވާންޖެހޭ މުހިންމު ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން, ވާރޭވެހި މަގުތަކުގައި ފެންބޮޑުވާ ހާލަތެއްގައި މަގުމަތީގެ އުޅަނދުތައް ދުއްވާ ސްޕީޑު މަޑުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި, ތަންތަނަށް ދަތުރުކުރާއިރު, އަވަސްއަރުވާލުމުގެ ބަދަލުގައި ދަތުރަށް ވަގުތު ދިނުމަށާއި ދެ އުޅަނދު ދޭތެރޭގައި ރައްކާތެރި ދުރުމިނެއް ބެހެއްޓުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސް ދުވަސްވަރު ގޭތެރޭގައި ވެސް ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށް ފުލުހުން ބުނީ, ބޯކޮށް ވާރޭވެހި ގޭތެރޭގައާއި ގޯތިތެރޭގައި ފެންބޮޑުވާ ހާލަތްތަކުގައި، ކަރަންޓު ސާމާނު ރައްކާތެރި ތަނަކަށް ބަދަލުކުރުން މުހިންމު ކަމަށެވެ. އަދި ކުޑަކުދިން މަގުމައްޗަށް ނެރޭއިރު ސަލާމަތީ ފިޔަވަޅު އެޅުމާއި ގަދަ ވަޔަށް ސަމާުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން, ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަކިން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
"ކޮންމެ ކަނޑުދަތުރެއް ރޭވުމުގައާއި ދަތުރު ފެށުމުގެ ކުރިން މޫސުން ލަފާކުރާގޮތް ބަލައި އެކަމަށް ސަމާލުކަން ދޭންވާނެއެވެ. ބޯކޮށް ވާރޭވެހުމާއި، ގުގުރުމާއި، ގަދަވަޔާއެކު ކަނޑުގަދަވުމަކީ ކަނޑުދަތުރުފަތުރަށް، ހާއްސަކޮށް ކުދި އުޅަނދުފަހަރަށް ނުރައްކާތެރި ކަންކަމެވެ," ފުލުހުންގެ އިލްތިމާސްގައި ވެއެވެ.
ކަނޑުދަތުރުތައް ކުރާއިރު ވެސް ފަޅުވެރިންގެ އިރުޝާދަށް އަމަލުކުރުމާއި ލައިފްޖެކެޓް އެޅުމުގެ މުހިންމުކަން ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

5 ދުވަސް ކުރިން

9 ދުވަސް ކުރިން
-fcac83a1.jpg)
14 ދުވަސް ކުރިން
-ac1fd277.jpg)
25 ދުވަސް ކުރިން

29 ދުވަސް ކުރިން

30 ދުވަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން