-8402fff9.png)
ފާތިމަތު މިޝްކާ
ށ. މަރޮށީގައި ލެބޯޓަރީ ހިދުމަތް ދޭން ފެށުން / ފޮޓޯ: ސިއްހަތާއި ބެހޭ ވުޒާރާ
ށ އަތޮޅުގެ ތިން ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި އެވެ.
މި ހިދުމަތް އަލަށް ދޭން ފަށާފައިވަނީ ށ. ނަރުދޫ، މަރޮށި އަދި ޅައިމަގުގަ އެވެ.
މި ތިން ރަށުގައި ލެބޯޓަރީގެ ހިދުމަތް ފަށާފައިވަނީ ސިއްހަތާއި އާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ގީލާ އަލީ އެވެ. އެގޮތުން އިއްޔެ މަރޮށި އަދި ޅައިމަގުގެ ސިއްހީ މަރުކަޒުގައި މި ހިދުމަތް ދިނުން ރަސްމީކޮށް އިފްތިތާހުކޮށްފައިވާއިރު މިއަދު ނަރުދޫގައި މި ހިދުމަތް ދިނުން ރަސްމީކޮށް އިފްތިތާހުކޮށްފައިވެ އެވެ.
މި ހިދުމަތުގެ އިތުރުން މަރޮށީ ސިއްހީ މަރުކަޒު ވަނީ 24 ގަޑިއިރުގެ ހިދުމަތް ލިބޭނެ ތަނަކަށް ވެސް ބަދަލުކޮށްފަ އެވެ.
ނަރުދޫގައި ހުޅުވުނު ލެބޯޓަރީއަކީ މި ސަރުކާރުން އަތޮޅުތަކުގައި ހިދުމަތް ދޭން ފެށި 21 ވަނަ ލެބޯޓަރީއެވެ. އަދި ލެބޯޓަރީގެ ހިދުމަތް ލިބެން ނެތް 76 ރަށެއްގައި މި ހިދުމަތް ތައާރަފްކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން