-8402fff9.png)
ފާތިމަތު މިޝްކާ
އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: މާހިލް، ނުކުތާ
ހުޅުމާލޭގައި ހިނގި އެކްސިޓެންޑުގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައިކަމަށް އައިޖީއެމްއެޗްއިން ހާމަކޮށްފި އެވެ.
އަންގާރަ ދުވަހުގެ ރޭ ދަންވަރު ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓުގައި ފަސް މީހުންނަށް އަނިޔާވެފައިވާއިރު ބާކީ ތިން މީހުންނަށް ފަރުވާ ދެމުންދަނީ ވޯޑުގައި ބާއްވައިގެންނެވެ.
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވީ 3 މީހުން އަރައިގެން ކަމަށާއި އެ ސައިކަލު ދުއްވާފައިވަނީ ވަން ވޭ އާ އިދިކޮޅަށްކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.
މި އެކްސިޑެންޓާއި ގުޅޭ މައުލޫމާތު ދެމުން ފުލުހުން ބުނީ 3 މީހުން އަރައިގެން ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނެތްކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:55 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.ސސސސސ

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން