-8402fff9.png)
ސައިފުﷲ އަލީ

މެލޭޝިޔާގެ ސުބަންގް ޖަޔާގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވިއިރު، އެ ކާރު ދުއްވަން އިން ޓެކްސީ ޑްރައިވަރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.
ރޭ ގާތްގަނޑަކަށް އެ ގައުމުގެ ގަޑިން 8:48 ހާއިރު ހިނގި މި އެކްސިޑެންޓާ ގުޅޭ ގޮތުން ސުބަންގް ޖަޔާ ސިޓީގެ ޕޮލިސް ޗީފް، އެސިސްޓަންޓް ކޮމިޝަނަރު ވަން އަޒްލާން ވަން މާމަތު މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި، ހާދިސާ ހިނގީ ރައިޑް ޝެއަރިންގެ ދަށުން ޓެކްސީގެ ހިދުމަތްދިން އުމުރުން 23 އަހަރުގެ މެލޭޝިޔާ ފިރިހެނަކު ދުއްވި ކާރެއް އެހެން ކާރެއްގައި ޖެހިގެންނެވެ. ޖެހުނު ބާރުމިނާއެކު ކާރު ކަހައިގެން ގޮސް މަގުގެ މެދުގައި ފުރޮޅިފައިވާއިރު، އެ ވަގުތު ކާރުގައި ދަތުރުކުރީ ކޮލެޖެއްގައި ކިޔަވަމުންދިޔަ އުމުރުން 22 އަހަރުގެ ދެ ދިވެހި އަންހެން ދަރިވަރުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މެލޭޝިޔާގެ ސުބަންގް ޖަޔާ ސަބްހާ ސަރަހައްދުގަ އެވެ. ކާރު ތެރޭގައި ތާށިވެ، ބޮޑެތި އަނިޔާތަކެއް ލިބިގެން ނިޔާވެފައިވަނީ އައްޑޫ ސިޓީ ހިތަދޫ، މާރިޝް، އާމިނާ އިމީލީ ނާޒިމް އެވެ.
މި އެކްސިޑެންޓްގައި އަނެއް ދަރިވަރަށް ކުދިކުދި އަނިޔާތަކެއް ލިބުނު ނަމަވެސް، ސީރިއަސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމަޖެންސީ ޓީމުތައް އެ ސަރަހައްދަށް ދިޔައިރުވެސް އިމީލީ ވަނީ ނިޔާވެފައެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އޮޓޯޕްސީއެއް ހެދުމަށްޓަކައި ސަރްޑަންގް ހޮސްޕިޓަލުގެ ފޮރެންސިކް ޑިޕާޓްމަންޓަށް ގެންގޮސްފައެވެ.
އެކްސިޑެންޓާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި، ދެ ކާރު ދުއްވަން ތިބި މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން ޓެކްސީ ޑްރައިވަރު މެތަމްފެޓަމިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ ޑްރައިވަރުގެ ބަންދަށް ހަތަރު ދުވަސް ދީފައެވެ.
-29b48774.png)
ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
-1b57f26b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-d77c6edb.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން
-fb62d78b.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން