-8402fff9.png)
ސައިފުﷲ އަލީ
-29b48774.png)
ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން ހައްޔަރުކުރި ޒުވާނާ ހާދިސާ ހިނގި ވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އަންހެނަކު ވަނީ ނިޔާވެފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ މާހު ހަސަން އެވެ. ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާގޮތުން، އެ މައްސަލައިގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވެއެވެ. އޭގެ ތެރޭގައި މަންޒަރު ދުށް ފަރާތްތަކުގެ ބަޔާނާއި، މެޑިކަލް ލިޔުންތަކާއި، ސީސީޓީވީ ފުޓޭޖުގެ އިތުރުން ހާދިސާ ރިޕޯޓު ހިމެނެއެވެ. ފުލުހުން ކޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތުހުމަތުކުރެވޭ ފަރާތުގެ އަތުގައި ލައިސެންސް ނެތް އިރު، އޭނާ ސައިކަލު ދުއްވާފައިވަނީ މަސްތުވެގެން ހުރެ ކަމަށް ބުނެފައިވެއެވެ.
މަސްތުގެ ހާލަތުގައި ތިބެ ވެހިކަލް ދުއްވުމުގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ފުލުހުން ގެންދަނީ މަސައްކަތްކުރަމުންނެވެ.
ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
-1b57f26b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-d77c6edb.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން
-fb62d78b.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން