-8402fff9.png)
ސައިފުﷲ އަލީ

އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) ގެ ޑިރެކްޓަރުންގެ ބޯޑަށް، އެކައުންޓިން އަދި މާލީ ދާއިރާ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައި، ޝަޒްހަތު ލަޠީފް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އައްޔަންކޮށްފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި އިދާރާ، ޕީސީބީން ހާމަކޮށްފައިވާ ގޮތުގައި، ޝަޒްހަތަކީ މާލީ އަދި ހިސާބު ބެލެހެއްޓުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ތައުލީމީ ގާބިލުކަމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަރާތެކެވެ. އޭނާ ވަނީ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން ފައިނޭންސްގެ ދާއިރާއިން މާސްޓަރޒް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ. މީގެ އިތުރުން ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލަރ އޮފް އާޓްސް (އޮނަރސް) ޑިގްރީ ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.
ޝަޒްހަތު ލަޠީފަކީ 2017 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު ފުރަހަމައަށް އަދާކުރައްވަމުން ގެންދަވާ ފަރާތެކެވެ. އޭނާގެ މަސައްކަތުގެ ދިގު ތަޖުރިބާގެ ތެރޭގައި ދައުލަތުގެ އަހަރީ ބަޖެޓް އެކުލަވާލުމާއި، ބޭސްލައިން ބަޖެޓް ވަޒަންކުރުމާއި، ސަރުކާރުގެ ޚަރަދުތައް ދިރާސާކުރުމާއި، ބަޖެޓް ކޮންޓްރޯލް ކުރުމުގެ އިތުރުން ފިސްކަލް ރިސްކް އެސެސްމަންޓް ހެދުން ފަދަ މުހިންމު ޒިންމާތައް ހިމެނެއެވެ.
ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ އެކި އިދާރާތަކަށް ބަޖެޓާ ގުޅޭ ފަންނީ އިރުޝާދު ދެއްވުމުގައި ޝަޒްހަތު މުހިންމު ދައުރެއް އަދާކުރައްވައެވެ. އަދި ދައުލަތުގެ މާލީ ހާލަތު ބަޔާންކޮށްދޭ "ބަޖެޓް ސްޓެޓިސްޓިކްސް ބުކް" އާއި "ފިސްކަލް ރިސްކް ސްޓޭޓްމަންޓް" ފަދަ މުހިންމު ލިޔުންތައް ތައްޔާރުކުރުމުގައިވެސް އޭނާ ވަނީ އިސްކޮށް މަސައްކަތް ކުރައްވާފައެވެ. މި އައްޔަންކުރުމާއެކު، އެގްރޯނެޓުގެ މާލީ ހިންގުމާއި އިދާރީ ނިންމުންތަކަށް އިތުރު ކުރިއެރުމާއި ހަރުދަނާކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
-9cd6b2a7.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-f2d6e48d.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-bf889c28.jpg)
4 މަސް ކުރިން

7 މަސް ކުރިން