-8402fff9.png)

ފާޠިމަތު ހިބާ

ޔޫއޭއީގެ ސަފީރު ރައީސް އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިން--ފޮޓޯ/ރައީސް އޮފީސް
ޔޫއޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ރައީސް ޑރ.މުހައްމަދު މުއިއްޒުއާއި ބައްދަލުކުރައްވައިފިއެވެ.
ޔޫއޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަސަފީރު ޝެއިހް ރަހްމާ ބިން އަބްދުއްރަހްމާން އައްޝަމްސި ވަނީ އެމަނިކުފާނު ސަފީރުކަމުގެ ދައުރު ނިމުމާއެކު ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސްވަނީ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި މަސައްކަތްތކުގެ ވާހަކަ ދައްކާ އެކަމަށްޓަކާ ޝުކުރު އަދާކޮށްފައެވެ.
ރައީސްގެ ވާހަކަފުޅުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރިއަށް އޮތްތާގަވެސް ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަންދެއްވާފައެވެ.
ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެފަރާތުންވެސް ގުޅިގެން އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމުގެ ޔަޤީންކަން ދެއްވަމުންނެވެ.
ޔޫއޭއީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޝެއިހް ރަހްމާ ބިން އަބްދުއްރަހްމާން އައްޝަމްސީ ސަފީރުކަމަށް އައްޔަނުކުރައްވާފއިވަނީ 2023 ގެ ޖުލައި މަހު 29 ވަނަ ދުވަހުއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން