-8402fff9.png)
ސައިފުﷲ އަލީ

އެކުވެރި ޢަރަބި ޢިމާރާތުގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން ދިނުމަށް ނިންމާފައިވާ ނިންމުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލައި އިދިކޮޅު މައި ޕާޓީ، މާލީދީވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.
މި ގަރާރަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއަކަށް ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު ހުށަހަޅުއްވައި، ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު ތާއީދު ކުރެއްވި ގަރާރެކެވެ. މި ގަރާރު ފާސްވީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ތާއީދާއެކުގައެވެ.
ގަރާރުގެ ބަހުސްގައި ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވަނީ އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދީގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ ސީދާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި މި މަޝްރޫއާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފަހު ނޫނީ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ވެސް ބައެއް މެންބަރުން ވަނީ ގޮވާލައްވާފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ނަޝީދު ވަނީ އެމްޑީޕީން ފަހަކަށް އައިސް އަމާޒު ހިފާފައިވާ މިސްރާބާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ނެގުމަކީ ރައްޔިތުން ކުރާ އިތުބާރު ވަރުގަދަވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ތަނަވަސްކަން ހޯދައިދޭނެ ޕްރޮޖެކްޓްތައް ޒަޔަނިޒަމްއާ ގުޅުވައި، އަސާސެއް ނެތް ވާހަކަތައް ކުރިއެރުވުމަކީ އާންމު ބަހުސް ހީނަރުކޮށް، ގައުމީ އަދި ސިޔާސީ ކަންކަމުގެ ސީރިއަސްކަން ކުޑަކޮށްދޭ ކަމެއް ކަމަށް ނަޝީދުގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
އެމްޑީޕީ އުފެދިގެން އައީ އިންސާނީ ޙައްޤުތަކާއި، ހުޅުވިފައިވާ ވިސްނުމާއި، ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމެއް މެދުވެރިކޮށް ތަނަވަސްކަމާއި އިންސާފުވެރިކަން ހޯދުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ ޕާޓީ ސިފަވަނީ ބިދޭސީން ދެކެ ބިރުގަންނަ އަދި ހައްދުފަހަނައެޅި ވަތަނީ ގައުމިއްޔަތެއް ކުރިއަރުވާ ބައެއްގެ ގޮތުގައި ކަމަށާއި، މިއީ ޕާޓީގެ ކުރީގެ މެންބަރުން ތަސައްވަރުކުރި ގޮތެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

3 ދުވަސް ކުރިން

11 ދުވަސް ކުރިން

16 ދުވަސް ކުރިން

19 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން