-8402fff9.png)
ސައިފުﷲ އަލީ
-563ca372.jpg)
ވެރިކަންކުރާ ޕީއެންސީއާއެކު ކޯލިޝަން ހަދަން އަދާލަތު ޕާޓީން ނިންމައިފިއެވެ.
އެ ނިންމުން ނިންމާފައި ވަނީ މިރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައެވެ.
މަޝްވަރާ މަޖިލީހުން މިރޭ ފާސްކުރި ގަރާރުގައި ވަނީ މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ އެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކޮށް މަސައްކަތްކުރާނެ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރަން ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ވެސް ގަރާރުގައިވެއެވެ.
ނިމިދިޔަ ސަރުކާރުގައި އަދާލަތު ޕާޓީ އަކީ ކޯލިޝަން ޕާޓްނަރެކެވެ.
-9fbf8c3b.jpg)
ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

8 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން