-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

މާފުށީގައި ނަޝީދު ވާހަކަދައްކަވަނީ-- ފޮޓޯ: ނުކުތާ
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދެއްކެވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރު މަސް ވިއްކުމަަށް ހިތްވަރު ލިބޭ ގޮތަށް ކަމަށް އަދާލަތު ޕާޓީ އިން ބުނެ އެ ކަން ކުށްވެރިކޮށްފިއެވެ.
ނަޝީދު މިހެން ވާހަކަ ދައްކަވާފައި ވަނީ ކ.މާފުށި ރީބްރޭންޑް ކުރުމުގެ ގޮތުން އެ ރަށުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.
"މީގެ ރަށަކަށް ބޭރުމީހަކު ފަތުރުވެރިޔަކު އެރުން މަނާ ދުވަސްވަރެއް ވެސް ދިޔަ. މިވަގުތު ވެސް މި ރާއްޖޭގައި ކަންކަން ހަމަޖެހިފައިމިވާގިތުން ރިސޯޓު ފަހަރުގައި ޓުވަރިސްޓުނަށް ދޭ ހިދުމަތްތަކާއި ވިއްކާ ތަކެތި ބޮޑެތި މިހިރަ ހޮޓާތަކުން ނުދެވޭކަން އެއީ ބޭއިންސާފެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
"ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި ކުރަމުން އައުމަކީ މީހުން އުޅޭ ރަށްރަށުގައި އެކަން އާންމުކުރުމަށްވާ ހުއްޖަތެއް ނޫން" އެ ޕާޓީން ނެރުނު ބަޔާނުގައިވެ އެވެ.
މިފަދަ ކަންކަން އާއްމުކުރުމާއި އާއްމުކުރުމަށް ގޮވާލުމަކީ އިސްލާމީ ޝަރީއަތުގައި ހަރާމްކަމެއް ކަމަށް އެ ޕާޓީއިން ބުންޏެވެ. މީގެއިތުރުން އިސްލާމީ ޝަރީއަތާއި ދިވެހި ސަގާފަތާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ވެސް އެ ޕާޓިއިން ވަނީ ބުނެފައެވެ.
މިހާރު ރާއްޖޭގެ ގާނޫނުގައިވާ ގޮތުން މީހުން އުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުމަކީ ހުއްދަކަމެއް ނޫނެވެ. ނަމަވެސް ރިސޯޓުތަކުގައި މިފަދަ ތަކެތި ވިއްކުން ވަނީ ހުއްދަކޮށްފައެވެ.
ނަޝީދު އެމްޑީޕީއަށް މި ފަހުން އަލުން ގުޅިވަޑައިގެންފައިވާއިރު، 2015އިން ފެށިގެން އަދާލަތު ޕާޓީން ސިޔާސީ މަސައްކަތްތައް ހިންގަނީ އެމްޑީޕީއާ ވަރަށް ބޮޑަށް ގުޅިގެންނެވެ. މިދިޔަ އެމްޑީޕީ ސަރުކާރުގައި އާދަލަތަކީ ކޯލިޝަން ބައިވެރިއަަކަށްވާއިރު، އެ ސަރުކާރާ މެދު ނަޝީދު ހިތްހަމަނުޖެހުނު އެއް ކަމަކީ ވެސް އެ ސަރުކާރުގައި އަދާލަތުގެ ނުފޫޒު ގަދަވުމެވެ.
-9fbf8c3b.jpg)
ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން
-563ca372.jpg)
6 ދުވަސް ކުރިން

16 ދުވަސް ކުރިން

19 ދުވަސް ކުރިން

19 ދުވަސް ކުރިން
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން