-8402fff9.png)
ސައިފުﷲ އަލީ
-9fbf8c3b.jpg)
އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު 5،000 އެއްހާ މެންބަރުންނަށް ތިރިވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުން އަހަރަށް އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު ދަނީ ދަށްވަމުންނެވެ. އެ ކޮމިޝަނުގެ ވެބްސައިޓުން ފެންނަ ގޮތުގައި މިއަދު މެންދުރު 1:00 ގެ ނިޔަލަށް އެ ޕާޓީގައި ތިބީ 5،572 މެންބަރުންނެވެ. މިއީ މިއަހަރު ފެށުނުއިރު އެ ޕާޓީގައި ތިބި މެންބަރުންގެ އަދަދަށް ވުރެ ގާތްގަނޑަކަށް 2،400 މެންބަރުންގެ މަދުވުމެކެވެ.
އޮގަސްޓު 2005 ގައި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން އިސްވެ އުފެއްދި އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު 2025 ގެ ކުރީކޮޅު 9،000 އިން މަތީގައި ހުރިއިރު، މިއަހަރު ފެށުނުއިރު ވެސް އެ އަދަދު ހުރީ 8،000 އިން މަތީގައެވެ.
މި ސަރުކާރު ފެށުނުއިރު އަދާލަތު ޕާޓީ އޮތީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު އެ ޕާޓީން ވަނީ ވެރިކަންކުރާ ޕީއެންސީއާއެކު ކޯލިޝަން ހަދާފައެވެ.
-563ca372.jpg)
6 ދުވަސް ކުރިން

8 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން