-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ -- ފޮޓޯ: މިހާރު
އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދު މަދުވުމާ ގުޅިގެން، އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ޕާޓީތަކުގެ ލިސްޓުން އެ ޕާޓީގެ ނަން އުނިކޮށްފިއެވެ.
މިއީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ފެށިފަހުން އަދާލަތު ޕާޓީ މި ލިސްޓުން އުނިވި ފުރަތަމަ ފަހަރެވެ.
އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ބުނި ގޮތުގައި، އަންނަ އަހަރަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ލިސްޓަށް ޝަރުތުހަމަވެފައިވަނީ ހަތަރު ސިޔާސީ ޕާޓީއެކެވެ. ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ އެ ޕާޓީގެ ރަޖިސްޓްރީކޮށްފައިވާ މެމްބަރުންގެ އަދަދު 10,000 އަށްވުރެ މަތިނަމައެވެ.
އެގޮތުން އީސީން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އަދާލަތު ޕާޓީގައި މިހާރު ތިބީ 8،844 މެމްބަރުންނެވެ. މިއީ ޝަރުތު ފުރިހަމަ ނުވާ އަދަދެކެވެ.
އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޝަރުތު ހަމަވާ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އެވެ.
މި ޕާޓީތަކުގެ މެމްބަރުންގެ އަދަދުތައް އީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން:
މި ޕާޓީތަކާއި އެކު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާ ގޮތުގައި، މިވަގުތު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖުމްލަ 9 ސިޔާސީ ޕާޓީއެއް އެބައޮތެވެ.
-9fbf8c3b.jpg)
ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން
-563ca372.jpg)
6 ދުވަސް ކުރިން
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން
-ac30ed1f.jpg)
4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން