-8402fff9.png)

މަންޑޭ--
މަންޑޭ 397 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ އަދި މިހާތަނަށް ރާއްޖޭގައި މީހަކަށް ކުރެވުނު އެންމެ ދިގު ޖަލު ހުކުމެވެ. އޭނާގެ މައްޗަށް ހުކުމް ކުރެވިފައިވަނީ ކޭ ޕާކުން ފްލެޓް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައެވެ. އެނާގެ މައްޗަށް ހުކުމް ކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ނަދީމެވެ.
މަންޑޭއަކީ ކޭ ޕާކު ތަރައްގީކުރި ކުންފުނީގެ ހިއްސާދާރެކެވެ. އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާއާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާއާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާއެކެވެ.
އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ޖުމުލަ 94 ދައުވާއެކެވެ. ދެން ބާކީ ހުރި 16 ދައުވާ ސާބިތުނުވާ ކަމަށް ގާޒީ ނަދީމް މިއަދު ނިންމެވި އެވެ.
އޭނާގެ މައްޗަށް ސާބިތުވީ ޓެކުމުގެ 46 ދައުވާގައި 368 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި 14 އަހަރުގެ ޖަލު ހުކުމަކާއި މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއްގައި ދޮޅު އަހަރުގެ ޖަލު ހުކުމެކެވެ.
ފައިސާ ނެގި މީހުންނަށް އަނބުރާ ފައިސާ ދޭން ވެސް ކޯޓުން މަންޑޭއަށް އަމުރުކުރިއެވެ.
މީގެއިތުރުން މަނީ ލޯންޑަރިންގެ ކުށުގައި 30 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އޭނާގެ މައްޗަށް ކުރިއެވެ. އަދި ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން އަމުރުކުރިއެވެ.
އެ މައްސަލާގެ ތަހުގީގުގެ ތެރެއިން އޭނާގެ އެޕާޓްމެންޓް ކުރިން ވެސް ފުލުހުން ވަނީ ހިފަހައްޓައިފައެވެ. މީގެ ކުރިން އެންމެ ދިގު ޖަލު ހުކުމެއް އިއްވާފައިވަނީ ޝިފާއުގެ މައްޗަށެވެ. އެ ހުމުމެ ވެސް އިއްވާފައިވަނީ ގާޒީ ނަދީމެވެ.

5 ދުވަސް ކުރިން

9 ދުވަސް ކުރިން

15 ދުވަސް ކުރިން

17 ދުވަސް ކުރިން

19 ދުވަސް ކުރިން

22 ދުވަސް ކުރިން

23 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން