-8402fff9.png)
ސައިފުﷲ އަލީ

ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލުގެ ދަރިވަރުންގެ އެދުމުގެ މަތިން، އެ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލުން ބަދަލުނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެ ދަރިވަރުން ކިޔަވަމުން އަންނަ ޖާގަ ދޫކޮށްލަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ފާޅުކުރުމާއެކު، މިދިޔަ މަހުގެ 26ވަނަ ދުވަހު ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އެ ޔޫނިއަންއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެ ދުވަހު ވެސް ކިޔަވާކުދިންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ވަނީ ދީފައެވެ.
އެ އޮފީހުން ބުނީ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތައިގައި ކުރިއަށް ގެންދެވޭނެ ގޮތް ހެދުމަށް ރައީސް މުއިއްޒު ކަމާ ބެހޭ ފަރާތްތަކަށް މިއަދު އަންގަވާފައިވާ ކަމަށެވެ.
މީގެ އިތުރުން މެޑިކަލް ސްކޫލަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު، ދިރާސާތައް ވެސް ކުރެވޭނެ އިމާރާތެއް/ ޓީޗިން ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާކަން ރައީސް އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައި ވެެއެވެ.
“ އައިޖީއެމްއެޗާއި ދަރުމަވަންތަ ހަސްފަތާލުގައި ބަލިމީހުންނަށް ޖާގައާއި އެނދު އިތުރުކޮށް، ޞިއްޙީ އައު ޚިދުމަތްތައް މި ދެ ހަސްފަތާލުގައި ތަޢާރަފްކުރެއްވުމުގެ މަސައްކަތްވެސް ޖާގައާއި ވަސީލަތްތައް ތަންދިން އެންމެ އެކަށޭނަ ގޮތަކަށް ހަލުވިކަމާއެކު ދަނީ ކުރައްވަމުންނެވެ.“ އެ ބަޔާނުގައި ވެއެވެ.
ގައުމީ ޔުނިވާސިޓީގެ ދަރިވަރުން އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަން ފެށީ އެ ސްކޫލުގެ ކިޔެވުން ދަރުމަވަންތަ ސްކޫލުން މެއިން ކެމްޕަހަށް ބަދަލު ކުރާކަން އެންގުމުންނެވެ. އޭރު އެމްއެންޔޫއެސްޔޫ ވަނީ އެ ޔުނިވާސިޓީގެ ހާހަކަށް ވުރެ ކިޔެވުމަށް އެކަމުގެ ސަބަބުން އަސަރު ކުރާނެ ކަމަށް ބުނެފައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން