-8402fff9.png)
އާއިޝަތު ޝިޔާއު ހުސައިން

ގާނޫނުތައް ހަމަނުޖެހޭ ކަމަށާއި މިހާރު ހަދައިފައި ހުރި ގާނޫނުތައް ހުރީ ވައްކަން ކުރަން ވެސް ފުރުސަތު ލިބޭހެން ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި ކަފާލާތުގެ ބިލަށް ބަހުސްކުރައްވަމުން އޭނާ ވިދާޅުވީ ސައިބާ ސްޕޭސްގައި ކުރާ ކުއްތައް ހުއްޓުވުމަށް މިއީ ވަރަށް މުހިންމު ބިލެއް ކަމަށެވެ.
ފަލާހް ވިދާޅުވީ މި ނިމިދިޔަ ފަސް އަހަރު ބޭންކުތަކުން އެކަކުގެ އެކައުންޓުގައި ހުންނަ ފައިސާ އަނެކަކު ވަގަށް ނަގައިގެން ވަރަށް ގިނައިން ބޭނުންކުރަމުން ދިޔަ ކަމަށެވެ. އަދި އެއީ ރާއްޖޭގައި އެފަދަ ކުށްތައް އެންމެ ބޮޑަށް އެގޮތަށް ފާހަގަވެގެން ދިޔަ ފަސް އަހަރުކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
އޭނާ ވިދާޅުވީ މިހާރު މި އޮތް ޕީއެންސީގެ ސަރުކާރުން ބޭނުންވަނީ ގާނޫނި ގޮތުން މިފަދަ ކަންކަން ހިންގުމުން އެ ތަހުގީގީ އިދާރާތަކުން އެކަމުގައި ފުރިހަމަ ތަހުގީގެއް ހިންގޭނެ ނިޒާމެއް ގާއިމު ކުރަންކަމަށެވެ.
"މިހާރު މި ކަމުގައި ޕޮލިހުން ދަންނަވަނީ މިކަންކަމުގައި ގާނޫނުތައް ހުރި ގޮތުން ތިމަންނަ މެނަނަކަށް ނެތޭ ތިކަން ބެލޭނެ މާބޮޑު ގޮތެއް. ނޫނީ ދެން ވެސް ތަހުގީގު ކުރަން ކޯޓަކަށް ދާހިސާބުން ކޯޓުން ދަންނަވާފާނެ ތިކަން ބެލޭނީ ފުލުހުންނަށޭ. އެހެންވީމަ މިކަހަލަ ވަރަށް ހަމަނުޖެހޭ ގާނޫނު ތަކެއް މިހާރު ހެދިފައި މިހުރީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުތަކުން ގާނޫނުތައް ހަދައިފައި ހުރީ އެފަދަ ވައްކަންތައް ވެސް ކުރެވޭނެ ހެން ކަމަށެވެ. އަދި ގާނޫނުތަކުން ލޫޕްހޯލް ތައް ހޯދޭގޮތަށް ހުރިނަމަ މީގެ ކުރިން ތިބި އިސްވެރިންވެސް އެކަންކަން ރަނގަޅޫ ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ފަލާހު ވިދާޅުވީ މީގެ ކުރިން ފާހަގަ ވީ އިސްލާހެއް ހުށަހަޅާއިރުވެސް ކޮންމެވެސް ދިމާލަކުން ގާނޫނުގެ ތެރެއިން ކޮންމެވެސް ދިމާލަކުން ދުލެއް ދީފައި ހުރި ކަން ކަމަށެވެ.
"އެހެން ނަމަވެސް މިއަދު ރައްޔިތުންނަށް އޮތް ޔަގީން ކަމަކީ،މިހާރރު އަޅުގަނޑުމެން އިސްލާހު ކުރާ ގާނޫނު ތަކުގައި ޖިނާއީ އިޖުރާތުގެ ގާނޫނު ވިޔަސް އަދި އެ ނޫން ގާނޫނެއް ވިޔަސް އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ކުރިމަތިވާ މިފަދަ ތަކުލީފުތަކުގައި ލިބޭ ގެއްލުން ތަކުގައި ގާނޫނީ ގޮތުން ފުލުހުންނަށް ވިޔަސް ކޯޓު ތަކަށް ވިޔަސް އެ ނޫންވެސް ތަހުގީގީ ހުރިހާ އިދާރާއަކަށް އެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރެވޭނެ ހުރިހާ ނިޒާމެއް، ހުރިހާ އުސޫލުތަކެއް ގާނޫނު ތަކުގައި މި ދަނީ ކަނޑައަޅަމުން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރަށް އޭނާ ވަނީ މިދިޔަ 19 ވަނަ މަޖިލީހުގައި އެންމެ ބޮޑަށް ވަކާލާތު ކުރީ ޖޭއެސްސީ އިސްލާހު ކުރަން ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް 19 ވަނަ މަޖިލީސް ނިމިގެން ދިޔައިރުވެސް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ފަލާހު ފާހަގަ ކުރެއްވިއެެވެ.
އަދި 20 ވަނަ މަޖިލީހުން ސަރުކާރުން ފޮނުވި ގާނޫނުތަކަށް ގެނައި އިސްލާހުތަކާއި އަލަށް އުފައްދާ ގާނޫނުތަކުންވެސް ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށްވެސް ފަލާހު ވިދާޅުވެފައިވެއެވެ. އަދި މި ސަރުކާރުން 200 އެތައް ބިލެއް ފޮނުވަން ނިންމައިފައިވާކަން ވެސް އޭނާ ފާހަގ ކުރެއްވިއެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން