-8402fff9.png)

އައިޝަތު ނަވާލް ނަސީރު

މި ހަފްތާގެ ހުރިހާ ދުވަހެއްގައި ވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓްއޮފީހުގެ އިއްޔެގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ތިންދުވަސް ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ ހއ. ކެލާ އަށެެވެ. އެ ރަށަށް އިއްޔެ 231.5 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ރާއްޖޭގެ ރަށަކަށް މިހާތަނަށް 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ދުވަހެވެ. މީގެ އިތުރުން, 46 މޭލަށް ފ. ނިލަންދޫއަށް ވައި ގަދަވި ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުނޅަގު މޫސުމުގެ ވިއްސާރައިގެ ތެރެއިން މެދު ރާއްޖޭއާއި އުތުރު އަތޮޅުތަކަށް އާދަޔާޙިލާފަށް ވިއްސާރަ އެބަ ކުރެއެވެ. މެޓުން މިއަދު ހެނދުނުވަނީ ހއ އަތޮޅުން ބ.އަތޮޅާ ހަމައަށް ރީނދޫ އެލާޓް ނެރެފައެވެ. ބޯކޮށް ވާރޭވެހުމާއެކު 25 މޭލާއި 30 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ވެސް ލަފާކުރެވެއެވެ.
މެޓުން މިއަދު ބުނި ގޮތުގައި ރާއްޖެއަށް މޫސުން ދެން ރަނގަޅުވާނެކަމަށް ބެލެވެނީ މި ހަފްތާގެ ހޮނިހިރު ދުވަހުއެވެ. މި ހަފްތާގެ ބާކީ ހުރިހާ ދުވަހެއްގައި ވެސް ވިއްސާރަކުރާނެކަމަށާއި ވައި ވެސް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އެހެންކަމުން ކަނޑުދަތުރު ކުރުމުގައި ސަމާލުކަން ދިނުމަށާއި ރައްކާތެރި ފިޔަވަޅު އެޅުމަށް މެޓުން އިލްތިމާސްކުރެއެވެ.

5 ދުވަސް ކުރިން

9 ދުވަސް ކުރިން

10 ދުވަސް ކުރިން
-fcac83a1.jpg)
14 ދުވަސް ކުރިން
-ac1fd277.jpg)
25 ދުވަސް ކުރިން

29 ދުވަސް ކުރިން

30 ދުވަސް ކުރިން
-79ed3c15.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން