-8402fff9.png)

މުހައްމަދު ޔަމީން

ދެ ޖިންސުގެ ކޮލިޓީ އަންނައުނު ވިއްކުމަށް މަޝްހޫރު ކްލެސިކް ފިހާރައިގައި ގިނަ ޑިސްކައުންޓުތަކަކާއެކު ފެށި 'ކްލެސިކް ބާޒާރު' ސޭލް ނިމެން ދުވަހަކަށް ވެއްޖެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 24ވަނަ ދުވަހު ފެށި ޕްރޮމޯޝަނާއެކު، މަގުބޫލު ބްރޭންޑް ޖިއޮޑާނޯ، ޖީ2000ގެ މުޅިން އާ އުފެއްދުންތަކެއް ވެސް އެ ފިހާރައަށް ވަނީ ތައާރަފުކޮށްފައެވެ. 'ކްލެސިކް' އަކީ މި ދެ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. ފެނާއި، ވެލީގެ އަސަރުކުރުން ކުޑަ މޮޅު ފޮތީގެ އޮފިޝަަލް އަދި ކެޝުއަލް ދެ ޖިންސުގެ އަންނައުނުގެ ގިނަ ބާވަތްތައް އެ ފިހާރައިން މިހާރު ލިބެން އެބަހުއްޓެވެ. އޭގެ ތެރޭގައި ގަމީހާއި، ފަޓުލޫނާއި، ޓައީ، ބޫޓު އަދި ބްލޭޒާސްގެ އިތުރުން ޕޯލޯ އަދި އާދައިގެ ޓީޝާޓާއި، ބްލައުސް އަދި ހަރުވާޅު ފަދަ ގިނަ ބާވަތްތައްހިމެނެއެވެ.
މީގެ އިތުރުން ޕްރޮމޯޝަނުގެ ގޮތުން ފިހާރައިގައި ހުރި އެހެން މުދަލުން ބޮޑެތި ޑިސްކައުންޓުތަކެއް ދެމުން އެބަދެއެވެ.
އެގޮތުން ޖިއޮޑާނޯ ބްރޭންޑުގެ ބެލްޓާއި، ދަބަސް، ކުޑަ، އިސްޓާކީނު އަދި ފެނީ ޕެކް ފަދަ ތަފާތު އެކި އެކްސެސަރީސް ހިމެނޭ ސެކްޝަން އަކުން 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެއެވެ. އަދި އަންނައުނުގެ ބާވަތްތަކުން ފަސް ޕަސެންޓާއި، 20 ޕަސެންޓާ ދެމެެދުގެ ޑިސްކައުންޓު ލިބޭނެއެވެ.
އެންމެ ރަނގަޅު ކޮލިޓީގެ އަންނައުނު އަތްފޯރާ ފަށަށް ތިރިވެފައި ހުރި ސޭލްގެ އެންމެ ފަހު ދުވަހަކީ މާދަމާއެވެ. ސަބަބުވެރި ވިސްނުމަކުން ވިސްނާއިރު މިއީ ދޫކޮށްލާވަރުގެ ފުރުސަތެއް ނޫނެވެ.
'ކްލެސިކް' ފިހާރަ ހުންނާނީ އަމީރު އަހްމަދުމަގާއި ކުރަނގި ގޯޅި ގުޅޭ ކަންމަތީ، އިސްކަންދަރު މިސްކިތް ކުރިމައްޗަށްވާ ގޮތަށެވެ. ފިހާރައިގެ ޕްރޮޑަކްޓުތަކާއި، އިތުރު މައުލޫމާތު ކްލެސިކްގެ ފޭސްބުކް އަދި އިންސްޓަގްރާމްއިން ބަލައިލެވޭނެއެވެ.

7 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން