-8402fff9.png)

އީޒެޕާއި ސޯސަން ފިހާރައާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
ރާއްޖޭގައި ވިޔަފާރީގައި ވަރުގަދަ ނަމެއް ކަމަށްވާ ސޯސަން ފިހާރައިން ވިއްކާ އުފެއްދުންތައް އީޒެޕް މެދުވެރިކޮށް ހޯލްސޭލްކޮށް އޯޑަރުކުރަން ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން އަންނަ ސެޕްޓެންބަރު މަހުން ފެށިގެން ސޯސަން ފިހާރައިގެ މުހިއްމު ޕްެރޮޑަކްޓްތައް އީޒެޕުގެ ހޯލްސޭލް މޮޑިއުލް މެދުވެރިކޮށް އޯޑަރު ކުރެވޭނެއެވެ.
ސޯސަން ފިހާރައިގެ މެނޭޖްމަންޓުން ވިދާޅުވީ މިއީ ފިހާރަތަކުގެ ވެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމުގައިވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ހާއްސަކޮށް ކުދި އޯޑަރު ޖަހަން ބޭނުންވާ ފިހާރަތަކަށާއި، ރެސްޓޯރަންޓްތަކަށް ސޯސަން ފިހާރައިގެ ޕްރޮޑަކްޓްތައް ފަސޭހަ ކަމާއެކު ހޯދޭނެ ގޮތެއްކަމުގައި ވާނެ ކަމަށް އުއްމީދު ކުރާކަމަށް އެ ފިހާރައިން.
އީޒެޕް ގެ ސީއީއޯ / ސީއެފްއޯ މިއުވާން ވިދާޅުވީ ސޯސަން ފަދަ ގިނަދުވަސްވީ އަދި ދިވެހީންގެ އިތުބާރު ލިބިފައިވާ ބްރޭންޑެއް އީޒެޕްއާ ގުޅުމަކީ އީޒެޕްގެ ރާއްޖޭގެ ވިޔަފާރި ޑިޖިޓައިޒޭޝަށްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމެވެ.
ސޯސަން ފިހާރައަކީ 1998 އަހަރުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދުނިޔޭގެފެންވަރުގެ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތައް ފޯރުކޮށްދެމުން އަންނަ ހޯލްސޭލް ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ވިޔަފާރިއެވެ.
އެގޮތުން މަޝްހޫރު ޕަސްކުއާލް ޔޯގަޓާއި، ޕިލްސްބަރީގެ އަޓާފުށް ފަދަ ކޮންމެ ގޭބިސީއަކަށް ވެސް މުހިއްމު އެތައް ޕްރޮޑަކްޓެއްގެ އިތުބާރު ސޯލް ޑިސްޓްރިބިއުޓަރެވެ.
އީޒެޕް މެދުވެރިކޮށް އޯޑަރު ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލާ ބްރޭންޑުތަކުގެ ތެރޭގައި އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ބޮޑެތި ގިނަ ބްރޭންޑުތައް ހިމެނެއެވެ. އެގޮތުން މީގެ ތެރޭގައި ހިމެނެނީ:
އީޒެޕް އާއި ސޯސަން ފިހާރައިން ބުނީ ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންގެ ފީޑްބެކަށް ބަލައި ޕްރޮޑަކްޓްތައް އިތުރުކޮށް ޑިޖިޓައިޒްޑް ފްލޯތަކާއި ޑެލިވެރިީއަށް ބަދަލުތައް ގެނެވޭނެކަމެވެ.
އިތުރު މައުލޫމާތު ވަޓްސްއެޕް މެދުވެރިކޮށް އީޒެޕަށް މެސެޖުކޮށްލުމުން ލިބޭނެއެވެ.: 7560606

7 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން