-8402fff9.png)

މަރްޔަމް މަޢާޝާ އިލްޔާސް

އެންމެ ފަހުން ބޭއްވި ނައިޓް މާކެޓްގެ ތެރެއިން--
އެންމެ ބޮޑު އެންމެ އަގުހެޔޮ ނައިޓް މާކެޓް، އެސްއެސް ޕީޓީއޭ ނައިޓްމާކެޓްގެ ގޮޅިތައް ވިކެމުންދަނީއެވެ.
ޞަލާޙުއްދީން ސުކޫލްގެ ބެލެނެވެރިންނާއި ޕީޓީއޭ އިން ކާމިޔާބުކަމާއެކު ބޭއްވި ނައިޓް މާކެޓް އެސްއެސް ޕީޓީއޭ ނައިޓްމާކެޓްގެ ދެވަނަ އެޑިޝަން މި ޑިސެމްބަރު މަހުގައި ބާއްވަން ވަނީ ނިންމާފައިއެވެ. އަދި މިހާރުވަނީ އެކަމަށް ބޭނުންވާނެ ގޮޅިތަށްވެސް ވިއްކަންފަށާފައިއެވެ.
މި ދިޔަ ސެޕްޓެމްބަރުން 27 އިން އޮކްޓޯބަރު ހަތަރެއްގެ ނިޔަލަށް ބޭއްވި ނައިޓްމާކެޓް ވެގެން ގޮސްފައިވަނީ، ފަހުގެ ތާރީޚެއްގައި މާލެ ސަރަޙައްދުގައި ބޭއްވި އެންމެ ކާމިޔާބު، އަދި އެންމެ ގިނަ މީހުން ޒިޔާރަތްކުރި ނައިޓްމާކެޓަށެވެ. އެ ނައިޓް މާކެޓުގައި 120 ސްޓޯލް ހިންގާފައިވެއެވެ. މިފަހަރުގެ ނައިޓްމާކެޓުގެ ސްޓޯލްތަށް ވިއްކަންފަށާފައިވަނީ މިދިޔަ މަހުގެ 30 ވަނަދުވަހުއެވެ.
ނުކުތާއަށް މަޢުލޫމާތު ދެމުން ނައިޓް މާކެޓް ކޮމިޓީގެ ޗެއާޕާސަން ޢަލީ ޝިފާޒު ބުނީ، ނައިޓް މާކެޓަށް ވިޔަފާރިވެރިންގެ ފަރާތުން ލިބެމުންދާ ތަރުހީބު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ޑިމާންޑް ބޮޑު ނައިޓް މި ނައިޓްމާކެޓްގެ ގޮޅިތައް ވިއްކަން އިއުލާނުކުރުމުން 18 ވަރަކަށް ގަޑިއިރުގެ ކުރިން ބައެއް ފަރާތްތަކުން ކިއުއަށް އަރާފައިވާކަމަށެވެ. އަދި އެ ބޭފުޅުންގެ ތެރެއިން ގިނައީ ސެޕްޓެމްބަރުގައި ބޭއްވި ނައިޓް މާރކެޓްގައިވެސް ގޮޅި ނެންގެވި ފަރާތްތައްކަމީ، ނައިޓް މާރކެޓްގެ ކާމިޔާބީގެ ހެއްކެއް ކަމަށެވެ. އެގޮތުން ފުރަތަމަ ދުވަހު އެކަނިވެސް 75 ސްޓޯލް ވިއްކާފައިވާ ކަމަށް ޝިފާޒް ފާހަގަކުރިއެވެ.
ޝިނާޒު ބުނީ ކުރީގެ ނައިޓްމާކެޓުން ދަސްވި ގިނަ ކަންކަން ރަނގަޅުކުރުމަށްފަހު މިފަހަރު ބާއްވަން އުޅޭ ނައިޓްމާކެޓް ކުރިއަށްވުރެވެސް ފުރިހަމަވާނެކަމަށެވެ. މިހާތަނަށް އައި އިރުގައި 88 ސްޓޯލް ވިކިފައިވާއިރު ބާކީ ހުރީ 23 ސްޓޯލް އާއި ކެންޓީނެވެ.ެ. މިވަގުތު ހުރި ސްޓޯލްތަކުގެ އަގަކީ 5000 ރުފިޔާކަމަށާއި މީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 500 ރުފިޔާ ނަގާނެއެވެ. ކެންޓީނުގެ އަގަކީ 10،000 ރުފިޔާއެވެ.
ޖުމްލަ 114 ސްޓޯލް އަދި ކާ އެއްޗެހި ވިއްކުމަށް ހަތް ސްޓޯލް ޚާއްސަކުރެވިފައިވާއިރު ކެންޓީނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ހޮނިހިރު ދުވަހު އެކަނި 60 ސްޓޯލް ވިކިފައިވާއިރު މިއީ ވަރަށް ބޮޑު ކާމިޔާބެއްކަން ޝިފާޒު ފާހަގަކުރިއެވެ. އތުރަށް ނުވިކިހުރި ސްޓޯލްތަށް ވިއްކުމުގެ މަސައްކަތް ކުރިޔަށް އޮތް ހަފްތާތއރޭގައި ކުރިޔަށް ދާނެކަން ޝިފާޒު ފާހަގަކުރިއެވެ. އެގޮތުން ކޮންމެ ދުވަހެއްގެވެސް ހަވީރު 5:00 އިން 06:00 އަށް މޭޒު/ސްޓޯލް ވިއްކުން ސުކޫލްގައި ކުރިއަށް ދާނޭކަންވެސް އޭނާ ވަނީ ފާހަގަކޮށްފައިއެވެ.
މި ނައިޓް މާކެޓްކުރިޔަށް ގެންދިޔުމްށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަމަ ދުވަހުގެ ނިޔަލަށެވެ. މިއީ ރާއްޖޭގައި މިވަގުތު އޮތް އެންމެ އާބާދީ ބޮޑު ސްކޫލުގައި ބާއްވާ ނައިޓްމާކެޓެވެ.

7 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން