-8402fff9.png)
މިރާޝް މޫސާ

ރެޑްބޮކްސް އިން ތަކާފުލްގެ ޚިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތު --
ރާއްޖޭގައި ކުރިއާ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނި، ރެޑްބޮކްސްއިން، ކަސްޓަމަރުންނަށް އަމާޒުކޮށް އިސްލާމިކް އިންޝުއަރެންސްގެ އާ ޚިދުމަތެއް ތަޢާރަފްކޮށްފިއެވެ.
"ރެޑްތަކާފުލް" ގެ ނަމުގައި ފަށާފައިވާ މި ޚިދުމަތަކީ، ދުނިޔޭގެ 15 ޤައުމަކުން ރާއްޖެއަށް ގެންނަ މުދަލަށް ޝިޕިންގގެ ތެރޭގައި ލިބިދާނެ ގެއްލުމަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ފެށި ޚިދުމަތެކެވެ.
"ރެޑްތަކާފުލް" އެޖެންސީ މެދުވެރިކޮށް ފޯރުކޮށްދޭ މި ޚިދުމަތަކީ، ކަސްޓަމަރުންގެ ޕެކޭޖްތައް ރާއްޖެ ގެނައުމުގެ މަރުޙަލާގައި ގެއްލިގެން ދިޔުން ނުވަތަ އެއަށް ގެއްލުމެއް ލިބިއްޖެނަމަ، މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވުނު ފުރުސަތެކެވެ. މިއީ އިސްލާމީ ޝަރީޢަތުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަރުމާކޮށްފައިވާ ތަކާފުލް އިންޝުއަރެންސްއެކެވެ.
މި އިންޝުއަރެންސް ޚިދުމަތް ހޯދުމުގެ ކަންކަން ރެޑްބޮކްސްއިން ވަނީ ވަރަށް ފަސޭހަކޮށްފައެވެ. އެގޮތުން، ކުންފުނީގެ ފުލްފިލްމަންޓް ވެބްސައިޓް ކަމަށްވާ "ޝޮޕްމީ" (shopmee.mv) މެދުވެރިކޮށް ޝިޕްމަންޓް ރިކުއެސްޓް ކުރާ ވަގުތު، މުދަލުގެ ޑިކްލެއަރ ކުރެވިފައިވާ އަގުގެ އެންމެ 4 އިންސައްތައިގެ އަގަކަށް މި ޚިދުމަތް ލިބޭނެއެވެ. އަދި ޝިޕްމަންޓް ރިކުއެސްޓް ކުރާއިރު، އިންޝުއަރެންސްއަށް ހިނގާނެ ޚަރަދު ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.
ރެޑްބޮކްސްއިން ވަނީ މި ޚިދުމަތް ހޯދުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އެ ކުންފުނިން ބުނާ ގޮތުގައި، އިންޝުއަރެންސް ކޮށްފައިނުވާ ޕެކޭޖަކަށް ގެއްލުމެއް ލިބިއްޖެނަމަ، މިވަގުތު އެކަމުގެ ބަދަލު ހޯދޭނެ އިތުރު ގޮތެއް ނެތެވެ. ވީމާ، މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޝުއަރެންސް ކުރުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.
މި އާ ޚިދުމަތާއެކު، އޮންލައިންކޮށް ރާއްޖެއިން ބޭރުން މުދާ ގެންނަ ފަރާތްތަކަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ރެޑްބޮކްސްއިން ދެކެއެވެ. ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ވެބްސައިޓްގެ "ޓާމްސް އެންޑް ކޮންޑިޝަންސް" ބައިން ލިބެން ހުންނާނެއެވެ.

7 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން