-8402fff9.png)
އާއިޝަތު ޝިޔާއު ހުސައިން

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އެޕާޓުމެންޓު ހަވާލު ކުރަން އިތުރު ވަގުތު ދިނީ އިންސާނި ކަރާމާތަށްޓަކައި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ، މައްޗަށް ކޯޓުން ކޮށްފައިވާ އަމުރުގައި، އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އަދި އެޕާޓްމެންޓުތަކަކީ ބޮޑެތި މީހުންނާއި ކުޑަކުދިންވެސް ދިރިއުޅެމުންދާ އެޕާޓްމެންޓުތަކަށްވާތީ ހާލަތަށް ރިއާޔަތް ކުރުމުގައި އެކަން ކަމަށް ބަލައިފައިވާނެ ކަމަށް ފުލުުން ވަނީ ބުނެފައެވެ.
ކޮވިޑުގެ ތެރޭގައި ކުލަބުތަކަށް ފައިސާ ދޫކުރުމަށް އެފްއޭއެމަށް ދިން ފައިސާ އިން ބައްސާމް، އަމީން އެވެނިއުއިން ދެ ފުލެޓު ގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދައުވާކުރަން މީގެ ކުރިން ޕީޖީ އަށް ވަނީ ފޮނުވައިފައެވެ.
އެ އެޕާޓްމެންޓުތައް ފުލުހުންނާ ހަވާލު ކުރުމަށްއިތުރު މުއްދަތު ދިނުމަށް އޭނާ އެދިފައިވާ ކަމަށް ފުލުހުން ބުނީ އިއްޔެއެވެ. ސިޓީއެއް މެދުވެރިކޮށް މުއްދަތު އިތުރުކޮށްދިނުމަށް އޭނާ އެދިފައިވާއިރު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނުމަށް އެދުނު ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުންވެސް އޭނާއާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

2 މަސް ކުރިން

6 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން