-8402fff9.png)
ސައިފުﷲ އަލީ

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ---
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ އަހުލާގީ މިންގަނޑުތަކާ ހިލާފުވެފައިވާތީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް އެ އިދާރާއިން ނިންމައިފިއެވެ.
މިއާއެކު ބައްސާމް ވެފައިވަނީ ދިވެހި ފުޓްބޯޅަ ތާރީހުގައި ފީފާއިން އުމުރު ދުވަހުގެ ސަސްޕެންޝަނެއް އިއްވި އެންމެ އިސް އޮފިޝަލަށެވެ. ފީފާއިން އާންމުކުރި ރަސްމީ ބަޔާނުގައި ބުނެފައިވަނީ، ބައްސާމް ވަނީ ފީފާގެ އެތިކްސް ކޯޑުގެ ގިނަ މާއްދާތަކަކާ ހިލާފުވެފައި ކަމަށެވެ. އޭގެ ތެރޭގައި ނަހަމަ މާލީ މުއާމަލާތްތައް ހިންގުމާއި، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގުމުގެ އިތުރުން ފީފާގެ ކޮވިޑް-19 ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރުން ހިމެނޭކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަތަކާ ގުޅިގެން ފީފާއިން ވަނީ އެފްއޭއެމްގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޑިރެކްޓަރު މުހައްމަދު އަގީލްއަށް ވެސް ފިޔަވަޅު އަޅާފައެވެ. އެގޮތުން އޭނާ ވަނީ 10 އަހަރަށް ސަސްޕެންޑްކޮށް، 100،000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފައެވެ.
މި މައްސަލައިގެ ޖިނާއީ ތަހުގީގު ދިވެހި ފުލުހުން ކުރިއަށްގެންދިއުމަށްފަހު، ފީފާއިން އެފްއޭއެމް މެދުވެރިކޮށް ދޫކުރި ކޮވިޑް-19 ރިލީފް ފަންޑުގެ ފައިސާއާއި ބޭރުގެ އިދާރާތަކުން ލިބުނު އެހީގެ ފައިސާ ބޭނުންކޮށްގެން ހުޅުމާލޭގެ އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބައްސާމްގެ މައްޗަށް ދައުވާކޮށްފައެވެ. އޭނާގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާތައް ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
ކްރިމިނަލް ކޯޓުން ވަނީ ބައްސާމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ހިޔާނާތުގެ ފައިސާއިން އޭނާ ގަނެފައިވާ ދެ އެޕާޓްމަންޓް ދައުލަތަށް ނެގުމަށްވެސް ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، ސިއްހީ ހާލަތަށް ރިއާޔަތްކޮށް މެޑިކަލް ބޯޑުގެ ލަފާގެ މަތިން ބައްސާމްގެ ޖަލު ހުކުމް ފަހުން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

6 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން