-8402fff9.png)
އާއިޝަތު ޝިޔާއު ހުސައިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު އެ އެސޯސިއޭޝަނުގެ ފައިސާއިން، ހުޅުމާލެއިން ގަތް ކަމަށް ތުހުމަތު ކުރާ އެޕާޓްމެންޓުތައް ފުލުހުންނާ ހަވާލު ކޮށްފިއެވެ.
އަމީން އެވެނިއު އިން އޭނާ ގަތް ދެ އެޕާޓްމެންޓު ފުލުހުންނާ ހަވާލު ކޮށްފައިވަނީ ރޭގައެވެ. އެ އެޕާޓްމެންޓުތައް ފުލުހުންނާ ހަވާލު ކުރުމަށް ފުރަތަމަ ދިން މުއްދަތު ހަމަވީ އިއްޔެ އަށެވެ. އެހެން ނަމަވެސް މުއްދަތު އިތުރު ކޮށްދިނުމަށް އެދުމުން ރޭގެ 12:00 ގެ ނިޔަލަށް ފުލުހުން ވަނީ އޭނާއަށް މުއްދަތު އތުރު ކޮށްދީފައެވެ.
ފުލުހުން ބުނީ އަމީން އެވެނިއުއިން އޭނާ ގަތް ދެ އެޕާޓްމެނޓު ކަމަށްވާ ހުޅުމާލެ ލޮޓް ނަމްބަރު އެން2-25 ގެ ބްލޮކް އޭ ގެ ދެ އެޕާޓްމަންޓެއް ރޭ 12:00 ގައި ފުލުހުންނާ ވަނީ ހަވާލު ކޮށްފައެވެ.
ކޮވިޑުގެ ތެރޭގައި ކުލަބުތަކަށް ފައިސާ ދޫކުރުމަށް އެފްއޭއެމަށް ދިން ފައިސާ އިން ބައްސާމް، އަމީން އެވެނިއުއިން ދެ ފުލެޓު ގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދައުވާކުރަން މީގެ ކުރިން ޕީޖީ އަށް ވަނީ ފޮނުވައިފައެވެ.
އެ އެޕާޓްމެންޓުތައް ފުލުހުންނާ ހަވާލު ކުރުމަށްއިތުރު މުއްދަތު ދިނުމަށް އޭނާ އެދިފައިވާ ކަމަށް ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހުއެވެ. ސިޓީއެއް މެދުވެރިކޮށް މުއްދަތު އިތުރުކޮށްދިނުމަށް އޭނާ އެދިފައިވާއިރު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނުމަށް އެދުނު ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުންވެސް އޭނާއާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

2 މަސް ކުރިން

6 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން