-8402fff9.png)

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޖެނެރަލް ސެކްރެޓަރީއަކު ހޯދުމަށް މިހާރު ހިންގަމުން އަންނަ ނޯމަލައިޒޭޝަން ކޮމިޓީން އިއުލާންކޮށްފިއެވެ.
އެ އިއުލާނުގައިވާ ގޮތުން މި މަގާމަށް ކުރިމަތިލާ ފަރާތް ތަކުން ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ގަވަނަންސް، ގާނޫނު ނުވަތަ ގުޅޭ އެފަދަ ދާއިރާއަކުން އެޑްވާންސް ޑިގްރީއެއް އޮންނަން ޖެހެއެވެ. އަދި އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމަކީ ވެސް ޝަރުތެކެވެ.
ކުޅިވަރު ނުވަތަ ފުޓްބޯޅަ ހިންގުމުގެ ދާއިރާއިން ފާހެއް އޮތުމާއި، ފީފާ ނުވަތަ އޭއެފްސީ ފަދަ ބައިނަލްއަގްވާމީ ފުޓްބޯޅަ އިދާރާތަކާ ނުވަތަ ގައުމީ އެސޯސިއޭޝަންތަކާއި ކްލަބްތަކާ އެކު ކުރިން މަސައްކަތްކޮށްފައިވާ ނަމަ އިސްކަންދޭނެ ކަމަށް އިއުލާނުގައިވެއެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް މި މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި މަގާމަށް ދޭނެ ސީދާ މުސާރައެއް އިއުލާންކޮށްފައެއް ނުވެއެވެ. މި އިއުލާނުގައި އޮތީ ދެ ފަރާތުން ވާހަކަދައްކައިގެން މުސާރައެއް ކަނޑައަޅާނެ ކަމަށެވެ.

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން