-8402fff9.png)

މަރްޔަމް މަޢާޝާ އިލްޔާސް
-937b54ef.jpg)
ދަރަވަންދޫ--
'ވިޒިޓް ދަރަވަންދޫ' އަހަރުގެ ގޮތުގައި އަންނަ އަހަރު ފާހަގަކުރަން ދަރަވަންދޫ ކައުންސިލުން ނިންމައިފިއެވެ.
އެރަށު ކައުންސިލުގެ ރައިސް އަލީ ސަމީހު 'ނުކުތާ'އަށް ވިދާޅުވީ އެ ކެންޕޭނު ފަށަން ހާއްސަ އިވެންޓެއް މިރޭ އޮންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ކެންޕޭނުގެ ދަށުން އަންނަ އަހަރު ކުރިޔަށް ގެންދާނޭ ޕޮރޮގްރާމްތައް ދުރާލާ ރާވާފައި ވާނެ ކަމަށެވެ. މިރޭގެ އިވެންޓުގައި ، އެ ހަރަކާތްތަކުގެ ތަފްސީލާއި، ކޮންމެ މަހަކު ކުރިޔަށް ގެންދަން މިހާރު ރާވާލެވިފައި ހުރި ކަންތައްތަށް ރައްޔިތުންނަށް ހިއްސާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ކެންޕޭނުގެ މައިގަނޑު ބޭނުމަކީ ޓޫރިސްޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި ދަރަވަންދޫ ތަރައްގީކުރުން ކަމަށް ވެސް ސަމީހް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމަށް ހާއްސަ ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައިގެން ކައުންސިލުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ދިވެހިރާއްޖޭގެ އެންމެ މަގުބޫލު އެއް މަންޒިލުކަމުގައިވާ 'ހަނިފަރު ބޭ' އާ ކައިރީ އޮންނަ ދަރަވަންދޫ އޮންނަ ސަރަހައްދުގައި ގިނަ އަދަދެއްގެ ޓޫރިސްޓު ރިސޯޓު މިހާރު ވެސް ހިންގަމުންދެއެވެ. އެރަށުގައި އޮންނަ އެއާޕޯޓަކީ ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ތެރެއިން އެންމެ ބާރުބޮޑު އެއާޕޯޓެވެ.

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން
-937b54ef.jpg)
11 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން