-8402fff9.png)

ބ. ދަރަވަންދޫ އެއާޕޯޓް ސަރުކާރަށް ނަގައި އައިލެންޑް އޭވިއޭޝަނާ ހަވާލުކުރަން ނިންމައިފިއެވެ.
ބ. ދަރަވަންދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު ޑޮމެސްޓިކް އެއާޕޯޓަކީ ދަރަވަންދޫ އެއާޕޯޓު ކަމަށެވެ. އަމިއްލަ ކުންފުންޏަކުން ތަރައްގީކޮށް 2012 ވަނަ އަހަރު ހުޅުވި އެ އެއާޕޯޓަށް ގިނަ ދުވަސްތަކެއް ވެގެންދިޔައިރު ވެސް އެކަށީގެންވާ ތަރައްގީއެއް ގެނެވިފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ތަރައްގީކޮށްފައިވާ އެ އެއާޕޯޓަކީ ބ. އަތޮޅުގައި މިހާރު ހިންގާ ހަމައެކަނި އެއާޕޯޓެވެ.
ރައީސް ވިދާޅުވީ ދަރަވަންދޫ އެއާޕޯޓަށް އިންވެސްޓުކޮށްފައިވާ ކުންފުންޏާ މަޝްވަރާކޮށް ދެ ފަރާތަށް އެއްބަސްވެވޭ ގޮތަކަށް އެ ކުންފުނި އަތުން އެއާޕޯޓު ނަގައި އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، ސަރުކާރުން ބޭނުންވާ ފެންވަރަކަށް އެއާޕޯޓު ތަރައްގީކޮށް، އޮޕަރޭޓު ކުރަން ނިންމާފައިވާ ކަމަށެވެ.
"އެކަން ގަވައިދާ އުސޫލުތަކާ އެއްގޮތަށް ވަރަށް އަވަސްމިނެއްގައި ކުރިއަށް ގެންދާނަން. އެ ތަނަށް އިންވެސްޓުކޮށްފައިވާ ފަރާތާއެކު އެއްބަސްވުމަކަށް އަންނަން،" ރައީސް ވިދާޅުވިއެވެ.
ބ. ތުޅާދޫގައި އެއާޕޯޓެއް އެޅުމަށް އިއްޔެ ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އަދި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިންހިއްކުމުގެ އަމަލީ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ. އެއީ ބ. އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓެވެ.

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 22 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން