-8402fff9.png)

އަޙްމަދު ސަދޫފް މޫސާ
-937b54ef.jpg)
ބ- ދަރަވަންދޫ ---
ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލުގެ ޑިޒައިން ބަދަލުކުރުމަށް، ޓާމިނަލްގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތް ކުރާނެ ބަޔަކާއި ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް އެވެ. އަދި އެ މަސައްކަތް ހަވާލުކުރި އީޕޯޗް އެސޯސިއޭޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާވިޔަތް އަބްދުއްސައްތާރު އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ނިމުމާއެކު އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވި އެވެ.
ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން، އެރައިވަލް ހޯލް މިހާރަށްވުރެ ބޮޑުކޮށް އެރައިވަލް ބެލްޓް އިތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ޑިޕާޗާ ގޭޓު އިތުރުކުރުމަށްވެސް ވަނީ ނިންމާފަ އެވެ.
ދަރަވަންދޫ އެއާޕޯޓަކީ ބ. އަތޮޅުގެ މައި ދޮރާށި ކަމަށްވާއިރު، ވޭތުވެދިޔަ އަހަރުތަކުގައި މި އެއާޕޯޓު ބޭނުންކުރާ ފަރާތްތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ.

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-937b54ef.jpg)
ގާތްގަނޑަކަށް 2 އަހަރު ކުރިން