-8402fff9.png)

މީދޫ ކުޅުންތެރިން އުފާ ފާޅުކުރަނީ —- ފޮޓޯ/ ސިޑިބަރި
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ދ. ކުޑަހުވަދޫގެ މައްޗަށް ކުރިހޯދައި ދ. މީދޫ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ގްރޫޕް އޭގެ އެ މެޗު މީދޫއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުން މޮޅުވެ މީދޫއަށް ވަނީ ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓު ލިބިފައެވެ. އެހެންކަމުން އެ ޓީމަށް ވަނީ ގްރޫޕްގެ ދެވަނަ މަގާމު ލިބިފައެވެ. މެޗުން ބަލިވި ކުޑަހުވަދޫ ހަތަރު ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ތިން ޕޮއިންޓު ލިބިގެންނެވެ. ގްރޫޕްގެ އެއްވަނައިގައި ފުވައްމުލައް ސިޓީ އޮތީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިން ހޯދައިގެންނެވެ. ތިންވަނައިގައި ހއ. ދިއްދޫ އޮތީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ފުލުގައި އޮތް ގދ. ފަރެސްމާތޮޑާއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މިރޭ އެ ގްރޫޕްގެ ފަހު މެޗުގައި ދިއްދޫއާއި ފަރެސްމާތޮޑާ ބައްދަލުކުރާނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި މީދޫއަަށް ލިބުނު ޕެނަލްޓީއަކުން މުޒްދާން ހަސަންއެވެ. މެޗުގެ 82 ވަނަ މިނެޓުގައި އިބްރާހިމް އިމްރާން މީދޫގެ ދެވަނަ ގޯލު ޖެހިނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ކުޑަހުވަދޫގެ މުހައްމަދު ޒިހާން ހަސަން ވަނީ ގޯލެއްޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
ގޯލްޑް ކަޕަކީ ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށްޓަކައި ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށް ބާއްވާ އެ މުބާރާތުގައި 17 ޓީމުން ބައިވެރިވެއެވެ.

3 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން