-8402fff9.png)

މަރްޔަމް މާޙީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނަށް މިހާރު ހިއްކާފައިވާ ސަރަހައްދުން ހުރިހާ ގޯއްޗެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ދ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މީދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށްފައިވާ ކަމަށެވެ.
ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައި ނަމަވެސް އެ ތަނުގައި ގާއިމުކުރަންޖެހޭ ސްކޫލްތަކާއި ހޮސްޕިޓަލް ފަދަ ވަސީލަތްތަކަށް ނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށް އަމަލީ ގޮތުން ބިން ވެސް ދެ ތިން މަސް ތެރޭގައި ހަވާލު ކުރާނެ ކަމަށް ބުންޏެވެ.
އަދި މީގެ އިތުރުން ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖު ހެދުމަށް ގުޅިފަޅުން ބަންދުކޮށްފައިވާ ސަރަހައްދުން ވެސް ގޯތި ދޫކޮށްފައިވާ ކަމަށާއި، އެ ގޯތިތައް ހަވާލުކުރުމުގައި ލަސްވާނެ ކަމަށެވެ. އެހެންނަމަވެސް ބާކީ ހުރި ގޯތިތައް އެ މުއްދަތުގެ ތެރޭގައި ހަވާލުކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 22 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 22 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން