-8402fff9.png)

ޢާލިމް އަބްދުއްލަތީފް

މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ލިބޭނެގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުރިއަށްއޮތްތަނުގައި މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ލިބޭނެގޮތް ހަމަޖައްސަވަން ބޭނުންފުޅުވާ ކަމަށެވެ.
ގާނޫނީ ގޮތުން ކަންކަން ފަހިކޮށްގެން، ކުރިއަށް އޮތްތަނުގައި މަސްވެރިންނަށްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޭނުންވަނީ ރޯދަ އިނާޔަތް ލިބޭ ގޮތް ހަދަން، ހަމަ އެގޮތަށް ދެން ހުރި ފަންނުތަކުގެ ބޭފުޅުންނަށްވެސް، އެކަން ކުރުމަށް އެބަ އޮތް ބައިވަރު މަރުހަލާތައްވެސް
އެކަން ކުރުމުގެ ކުރިން މަސްވެރިންގެ ދަފްތަރެއް ސަރުކާރުން އެކުލަވާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ދަފްތަރުގައި ތިބޭ މަސްވެރިންނަށް އެތަކެެއް ފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެހެންވީމަ އަޅުގަނޑުމެން ގާނޫނީ ގޮތުން ބަލައިގަންނަ ދަފްތަރެއް މި އުފެއްދީ، އެކަމުގެ އުސޫލު ގެޒެޓްކޮށްގެން، އެ ދަފްތަރުގައި ޖެހޭ ފަރާތްތަަކަށް ކުރިއަށް އޮތްތަނުގައި ބޭންކިންގ ނިޒާމްގެ ތެރެއިން ލޯނު ނެގުމާއި، އެސްޓީއޯގެ ސްކީމްގެ ތެރެއިން އެހީތެރިކަން ހޯދުން ފަދަ ކަންކަން ފަހިވެގެން ދާނެ މި އަހަރު ތެރޭގައި، ކުރިއަށް އޮތް ދުވަސްތަކުގައި މަރުހަލާތަކުގެ ތެރެއިން ގޮސް، އަޅުގަނޑު އުއްމީދު ކުރަނީ، ދެެކެން ބޭނުންވަނީ މާލަސްތަކެއް ނުވެ، ހަމަ ރޯދަ އިނާޔަތް ވެސް ލިބޭ ބަޔަކަށް އަޅުގަނޑުމެންނަށް ހަމަޖެެއްސޭނެ ކަަމަށް
ރައީސް މުއިއްޒުގެ އެންގެވުމުގެ މަތިން ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ވެސް ރޯދަ އިނާޔަތްދިނުމަށް ގާނޫނު އިސްލާހުކޮށްފައެވެ.

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 22 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 22 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން