-8402fff9.png)
އަހްމަދު އިޒްމީމް

މާފުށީ ކުޅުންތެރިން އުފާ ފާޅުކުރަނީ— ފޮޓޯ/ ސިޑިބަރި
ނައިންޓީ ޕްލަސް ގޯލްޑްކަޕްގައި ގަދަފަދަ ބ. އޭދަފުށި ބަލިކޮށް ކ. މާފުށިން ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
މިރޭ ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު މާފުށިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
އެގޮތުން އެ މެޗުގެ ވަރަށް ކުރީކޮޅު މާފުށިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑުނަގައިފައެވެ. އެ ގޯލަކީ އޭރިއާ ބޭރުން އިބްރާހިމް އަތީގް ހަސަން ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 90 ވަނަ މިނެޓުގައި މާފުށިން ވަނީ އެ ޓީމުގެ ދެވަނަ ގޯލުޖަހައިފައެވެ. އެ ގޯލުޖެހީ އިސްމާއިލް މަފާޒް އިބްރާހީމްއެވެ.
ގޯލްޑް ކަޕަކީ ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށްޓަކައި ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށް ބާއްވާ އެ މުބާރާތުގައި 17 ޓީމުން ބައިވެރިވެއެވެ.
މުބާރާތުގައި ބައިވެރިވި 17 ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި 12 ޓީމު ވަނީ ދެވަނަ ބުރަަށް ގޮސްފައެވެ. މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންދަނީ އެ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

22 ދުވަސް ކުރިން
-9410c75f.jpg)
4 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން