-8402fff9.png)
އަހްމަދު އިޒްމީމް

އަޖުފާން އަހުމަދަށް ފައުލުކުރަނީ —- ފޮޓޯ/ ސިޑިބަރި
ނައިންޓީ ޕްލަސް ގޯލްޑްކަޕް 2024 ގެ ދެވަނަ ބުރުގައި ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި ބ. އޭދަފުއްޓާއި ކ. މާފުށި ބައްދަލުކުރި މެޗުގައި ނުރައްކާތެރި ފައުލެއް ކުރުމުން އޭދަފުށީގެ ކީޕަރު އަލީ އަޖުފާން އެއް އަހަރު ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.
މުބާރާތް ބާއްވާ ނައިންޓީ ޕްލަސް އިން ބުނެފައިވާ ގޮތުގައި އަޖުފާން ކުރި ފައުލަކީ ފީފާގެ ޤަވައިދުގައިވާ "ވައިލަންޓް ކޮންޑަކްޓް" އަށް ފެތޭ ފައުލެއްކަމަށެވެ.
އެހެންކަމުން މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީގެ އިއްތިފާގުން އަޖުފާން ނައިންޓީ ޕްލަަސްއިން ބާއްވާ ހުރިހާ މުބާރާތަކުން ކުރިއަށް އޮތް އެއް އަހަރު ދުވަހު ސަސްޕެންޑު ކޮށްފައިވާކަމަށް ވެސް ނައިންޓީ ޕްލަސްއިން ބުނެފައިވެއެވެ.
މީގެ އިތުރުން އެ ކޮމެޓީން ވަނީ އަޖުފާން 5 ހާސް ރުފިޔާއިން ޖޫރިމަނާކުރަން ނިންމައިފައިކަމަށް ވެސް ނައިންޓީ ޕްލަސްއިން ބުންޏެވެ. އެ ނިންމުން މިހާރު އޭދަފުށީ ޓީމަށް ސިޓީއެއްގެ ޒަރިއްޔާއިން ވަނީ އަންގައިފައެވެ
އަޖުފާން ކުރި ފައުލާ ގުޅިގެން މާފުށީގެ ސަޕޯޓަރުން ދަނޑަށް އަރާފައިވާތީ އެ ޓީމު 3 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާކަމަށް ނައިންޓީ ޕްލަސްއިން ބުންޏެވެ. މިރޭ މާފުއްޓާއި ދިއްދޫ ބައްދަލުކުރާ މެޗުގެ ކުރިން އެ ޖޫރިމަނާ ދައްކަން ޖެހެއެވެ. އެހެން ނޫންނަމަ އެ މެޗު ނުކުޅެވޭނެކަމަށް ނައިންޓީ ޕްލަސްއިން ބުނެއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ މާފުއްޓާއި އޭދަފުށި ބައްދަލުކުރި މެޗު ނިމުނީ 2-0 ގެ ނަތީޖާއަކުން މާފުށި މޮޅުވެގެންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި މާފުށީގެ އަހުމަދު އަބްދުލްސައްތާރު ބޯޅަ ހިފައިގެން އޭދަފުށީގެ އޭރިއާއަށް ވަންނަން އުޅެނިކޮށް އަޖުފާން ވަނީ އޭރިއާއިން ބޭރަށް ނިކުމެ ނުރައްކާތެރި ޓެކުލެއްޖަހައި އަހުމަދު ވައްޓާލައިފައެވެ. އެއާއެކު މާފުށީގެ ބެންޗުގައި ތިބި އޮފިޝަލުންނާއި ކުޅުންތެރިންގެ އޮތުރުން މާފުށީގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައިފައެވެ.

22 ދުވަސް ކުރިން
-9410c75f.jpg)
4 މަސް ކުރިން

7 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން