-8402fff9.png)
އަހްމަދު އިޒްމީމް

އަލިފުށި ކުޅުންތެރިން އުފާ ފާޅުކުރަނީ —- ފޮޓޯ/ ސިޑިބަރި
ނައިންޓީ ޕްލަސް ގޯލްޑްކަޕްގެ ކުއާޓާ ފައިނަލްގައި ވަރުގަދަ ފުވައްމުލައް ސިޓީ ބަލިކޮށް ރ. އަލިފުށި ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުގެ ފުރިހަމަ ވަގުރު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން އަލިފުށި ވަނީ ކާމިޔާބު ހޯދައިފައެވެ.
ދެ ޓީމުން ވެސް އިތުރު ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން ނަތީޖާ ނެރުމަށް ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޖަހައިގެން އަލިފުށި ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.
ގޯލްޑް ކަޕަކީ ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށްޓަކައި ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށް ބާއްވާ އެ މުބާރާތުގައި 17 ޓީމުން ބައިވެރިވެއެވެ.
މުބާރާތުގައި ބައިވެރިވި 17 ޓީމުގެ ތެރެއިން އެންމެ ރަނގަޅުނަތީޖާ ހޯދި 12 ޓީމު ވަނީ ދެވަނަ ބުރަަށް ގޮސްފައެވެ. މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންދަނީ އެ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

15 ދުވަސް ކުރިން

3 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން