-8402fff9.png)
-be5fb1f4.jpeg)
ޅ. ނައިފަރުން ގެއްލިގެން ހޯދަމުން ދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަން އިއުލާނުކުރީ، ޅ. ނައިފަރު، ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލްއެވެ.
ފުލުހުން ބުނީ، އެ ކުއްޖާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 10:25 އެހައިކަންހާއިރު ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ނައިފަރުގެ މަގުމަތިން އެ ކުއްޖާ ވަނީ ފެނިފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފެނުނުއިރު، އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.
އޭރު ލައިގެންހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ، އެކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ގުޅުމަށް އެދިފައެވެ.

22 ދުވަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން