-8402fff9.png)
އާއިޝަތު ޝިޔާއު ހުސައިން

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތަށް އިތުރު 40 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ)އިން 40 މިލިއަން ޑޮލަރުގެ ލޯނެއް ދޫކުރުމަށް އެއްބަސްވެއްޖެއެވެ. މި މަޝްރޫއަށް މީގެ ކުރިން އަބޫދާބީ ފަންޑުން 50 މިލިއަން ޑޮލަރު އަދި ސައުދީ ފަންޑުން 180 މިލިއަން ޑޮލަރުގެ ލޯނު ވަނީ ދޫކޮށްފައެވެ.
ލޯނު އެގްރިމެންޓުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މި މަޝްރޫއަކީ ރާއްޖޭގެ ގައުމީ ތަރައްގީގެ އަމާޒުތައް ހާސިލުކުރުމަށާއި ޓޫރިޒަމް ސިނާއަތުން ލިބޭ އާމްދަނީ އިތުރުކުރުމަށް މަގުފަހިވާނެ މަޝްރޫޢެއް ކަމަށެވެ.
އޭޑީއެފްޑީގެ ޑިރެކްޓަރު ޖެނެރަލް މުޙައްމަދު ސައިފް އައްސުވައިދީ ވިދާޅުވީ، އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރެވުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޑިމާންޑަށް ކޭޓަރކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ފެށުނު މި މަޝްރޫ އުނިމުމުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި އައު ޓާމިނަލާއެކު ވެލާނާ އެއަރޕޯޓަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުވެ، ދުނިޔޭގެ އެކި މަންޒިލުތަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓުތައް އިތުރުވާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ބުނެފައިވެއެވެ.
2025 ވަނަ އަހަރުގެ މެދުތެރޭގައި އައު ޓާމިނަލުގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފެށޭނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

3 މަސް ކުރިން

4 މަސް ކުރިން
-abf26d27.jpeg)
5 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން