-8402fff9.png)

އަޙްމަދު ޝާބިން

މެދުއިރުމަތީގެ ވައިގެ މަގުތައް ބަންދުވުމުގެ ސަބަބުން ރާއްޖެއިން އެނބުރި ގައުމަށް ނުދެވި، ރާއްޖޭގައި ތިބެންޖެހިފައިވާ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނިންމައިފިއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، 28 ފެބްރުއަރީން ފެށިގެން ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ވައިގެ މަގުތައް ބަންދުވެ، ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ކެންސަލް ކުރެވިފައެވެ. މީގެ ސަބަބުން ރާއްޖެއިން ފުރަން ތިބި ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖޭގައި ތާށިވެފައެވެ.
އެހެންކަމުން އެފަދަ ފަތުރުވެރިންނަށް، ޓޫރިސްޓް ވިސާ އެކްސްޓެންޝަން ހޯދުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި ހިދުމަތަށް އެދި ހުށަހެޅުމުގެ އިންތިޒާމު އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް މިހާރު ވަނީ ހަމަޖައްސާފައެވެ.
މިހާރު ދިމާވެފައިވާ ހާލަތާ ގުޅިގެން، ނުފުރިފައި ތިބި އެތައް ފަތުރުވެރިންގެ ވިސާގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. އަދިވެސް ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެ ވަގުތެއް ނޭނގޭތީ، އެ ފަރާތްތަކަށް ފުރޭނެ އިންތިޒާމެއް އަދި ހަމަޖެހިފައެއް ނުވެއެވެ.

11 ދުވަސް ކުރިން
-9d7580fb.jpg)
13 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން
-b7403a22.jpg)
3 މަސް ކުރިން
-de28761c.jpg)
3 މަސް ކުރިން