-8402fff9.png)

މަރްޔަމް މާޙީ

ގައުމީ ފެންވަރުގައި މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ހޮވުނު ރަށްތައް ކަނޑައަޅައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީ އިން އިއުލާނު ކޮށްފިއެވެ.
އެ މިނިސްޓްރީ އިން ބުނީ މި އަހަރު އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހޮވުނު ރަށްރަށަކީ މި ހަރަކާތައް ޝައުޤުވެރިކަން ފައުޅުކޮށް, ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" ގެ ދަށުން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ ރަށްރަށް ކަމަށެވެ.
އެގޮތުން އެންމެ މަތިން ޕޮއިންޓް ލިބި, މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ ރަށްތަކަކީ ހއ.ކެލާ, ކ.ގުރައިދޫ, އަދި ލ. ގަމެވެ.
"ސަރުކާރުގެ އަމާޒަކީ މި ފަދަ ކޮންމެ ކުލަގަދަ ޢީދަކީ ވެސް އިސްލާމީވަންތަ، އަދި ދިވެހީންގެ މުއްސަނދި ސަގާފަތް ދިރުވައި އާލާކުރެވޭ, ދިވެހީންގެ މެދުގައިވާ އެއްބައެއްވަންތަ ވިސްނުން ތަރައްޤީ ކުރާނޭ އުފާވެރި އިޙްތިފާލުތަކަށް ހެދުން" އެ މިނިސްޓްރީން ބުނެއެެވެ.
މީގެ އިތުރުން މިނިސްޓްރީ އިން ބުނީ މި ރަށްރަށުގެ އިތުރަށް ހުޅުމާލޭގައި ވެސް ކުޑަކުދީންނާއި އާއިލާތަކަށް ހާއްސަކޮށް ވަރަށް ޝައުގުވެރި ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށެވެ.

5 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން