-8402fff9.png)
ފާތިމަތު މިޝްކާ
ގައުމުން ބޭރަށް ދަތުރުކުރާ މިންވަރު މަދުކޮށް ހަރަދުކުޑަކުރުމަށް އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވައިފި އެވެ.
މޯދީ މިކަންކަމަށް އިލްތިމާސްކުރެއްވީ އިއްޔެ ހައިދަރުއާބާދުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޯދީ ވަނީ ޖުމްލަ ހަތް ކަމަކަށް އިލްތިމާސް ކުރައްވައިފި އެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހުޅަނގު އޭޝިއާގެ ނުތަނަވަސްކަމާ ގުޅިގެން ގައުމު ވަރުގަދަކުރުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ގޮވާލައްވާފައެވެ.
އެގޮތުން ބޭރު ފައިސާގެ ރިޒާވް ރައްކާތެރިކުރުމަށްޓަކައި، އާންމު ދަތުރުފަތުރުގެ ނިޒާމާއި ކާ ޕޫލިން ބޭނުންކޮށް، އިމްޕޯޓްކުރާ ތެލަށް ކުރާ ހޭދަ ކުޑަކުރުމަށް މޯދީ އެދިވަޑައިގެންނެވިއެވެ. މޯދީ މިކަމަށް އިލްތިމާސްކުރެއްވިއިރު ހުޅަނގު އޭޝިއާގެ ހަމަނުޖެހުންތަކާއި ހޯރްމޫޒް ކަނޑުއޮޅީގެ މައްސަލަތަކާ ގުޅިގެން، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިވަގުތު ހުރީ 100 އެމެރިކާ ޑޮލަރަށްވުރެ މަތީގަ އެވެ.
މިދިޔަ މަސް ނިމުނުއިރު ތެލުގެ އަގު ވަނީ ފާއިތުވި 52 ހަފުތާގެ ތެރޭގައި އެންމެ މަތިވި މިންވަރު ކަމަށްވާ 126 ޑޮލަރަށް އަރާފައެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އެއް އަހަރު ދުވަހު ގައުމުން ބޭރަށް ކުރާ ދަތުރުތައް މަދުކުރުމާއި ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތަކާ މެދު އަލުން ވިސްނުމަށް މޯދީ އެދިވަޑައިގެންނެވިއެވެ. އަދި ބޭރު ގައުމުތަކުގައި ކައިވެނީގެ ހަފުލާތައް ބޭއްވުމުގެ ބަދަލުގައި ގައުމުގައި އެފަދަ ކަންކަން ކުރުމަށާއި، ރަނުގެ ވިޔަފާރި މަދުކުރުން ފަދަ ގޮތްގޮތުން ބޭރު ފައިސާގެ ހަރަދު ކުޑަކުރުމަށް އިލްތިމާސްކުރެއްވި އެވެ.
ހަމައެއާއެކު، ގޭގައި ތިބެގެން މަސައްކަތްކުރުން ނުވަތަ 'ވޯކް ފްރޮމް ހޯމް' އުސޫލު އަލުން އާލާކުރުމަށް ވެސް އެމަނިކުފާނު ގޮވައިލެއްވިއެވެ.
މީގެ އިތުރުން، ކައްކާ ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުމަށާއި، ބޭރުން އެތެރެކުރާ ކެމިކަލް ގަސްކާނާއަށޤ ބަރޯސާވުން ދޫކޮށްލުމަށް ދަނޑުވެރިންނަށް ބާރުއެޅުއްވި އެވެ. އަދި 2047 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ އިންޑިއާއެއްގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، އަމިއްލަ ފައިމައްޗަށް ތެދުވުމާއި އޯގަނިކް ދަނޑުވެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަންކަން ކަމުގައި މޯދީ ފާހަގަކުރެއްވި އެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން