-8402fff9.png)
ފާތިމަތު މިޝްކާ

އަލިފާން ރޯވި ފެކްޓްރީ
އިންޑިއާގެ އަންދްރަޕްރަދޭޝްގައި ހުންނަ ސްރީ ސިޓީގެ ބޭސް އުފައްދާ ފެކްޓްރީއެއްގެ ބޮއިލަރެއް ގޮވުމުގެ ސަބަބުން ހަތަރު މުވައްޒަފުން މަރުވެއްޖެ އެވެ.
އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބާރުގަދަ ގޮވުމާ އެކު ޢިމާރާތުގެ ފުރާޅުން ބައެއް ވެއްޓި، ބައެއް މުވައްޒަފުން އެތަނުގެ ތެރޭގައި ތާށިވިއެވެ. ނަމަވެސް ފަހުން އެ މީހުން ވަނީ ސަލާމަތްކޮށްފައެވެ.
މަރުވި ހަތަރު މީހުންގެ އިތުރުން، އިތުރު 10 މީހުންނަށް އަނިޔާވެފައިވާކަމަށް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ނޭޝަނަލް ހައިވޭ 16 ގައި އޮންނަ ސްރީ ސިޓީއަކީ އިންޑިއާގެ އެންމެ ބޮޑު އެއް ސްޕެޝަލް އިކޮނޮމިކް ޒޯނެވެ. އެތަނުގައި ބޭސް އުފައްދާ ކުންފުނިތައް ހިމެނޭހެން 250 އަށްވުރެ ގިނަ ކުންފުނި ހިންގަމުންދެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭގަނޑު ޝިފްޓް ނިންމާލުމަށްފަހު ބައެއް މުވައްޒަފުން އެ ފެކްޓްރީއިން ނިކުންނަން ތައްޔާރުވަމުން ދަނިކޮށެވެ.
ހާދިސާ ހިނގި ސަރަޙައްދަށް ފަޔަރ އެންޑް ރެސްކިއު ޓީމުތަކާއި ފުލުހުން ވަގުތުން ގޮސްފައިވާކަމަށް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ފެކްޓްރީގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު، އަނިޔާވި މީހުންނަށް ކައިރީގައި ހުރި ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މިއީ އަންދްރަޕްރަދޭޝްގެ ސިނާޢީ ސަރަޙައްދުތަކުގައި ފަހަކަށް އައިސް ހިނގަމުންދާ މިފަދަ ނުރައްކާތެރި ހާދިސާތަކުގެ ތެރެއިން އެންމެ ފަހުން ހިނގި ހާދިސާއެވެ. ނިމިދިޔަ ޖޫން މަހު ވެސް ވިސާޚަޕަޓްނަމް ސްޓީލް ޕްލާންޓްގައި ދިޔާ ދަގަނޑު އުފުލާ ކަންވާރެއް ފަޅައިގެން ގޮސް ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި އަށް މުވައްޒަފުން ވަނީ މަރުވެފައެވެ.
މީގެ އިތުރުން، މިދިޔަ ފެބްރުއަރީ މަހު ކަކިނާޑާ ޑިސްޓްރިކްޓްގައި ހުންނަ ބަޑިބޭސް އުފައްދާ ކާރުޚާނާއެއް ގޮވައި 21 މީހުން މަރުވެފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާޔަވަރަމްގައި ހުންނަ ބަޑިބޭސް އުފައްދާ ތަނެއްގައި ހިނގި ގޮވުމެއްގައި ހަ މީހަކު ވަނީ މަރުވެފައެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން