-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4،000 ހައުސިން ޔުނިޓް ލިބުނު ފަރާތްތަކުން ދައްކަން ޖެހޭ 25،000 ރުފިޔާގެ ޑައުންޕޭމަންޓާއި ކުއްޔަށް ލުއި ގޮތެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ، މާލޭ، ގަލޮޅުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ބައިވެރިވި މީހަކު ވަނީ 25،000 ރުފިޔާގެ ޑައުންޕޭމަންޓަކީ ބައެއް ފަރާތްތަކަށް ވަރަށް ބޮޑު އަދަދެއްކަން ފާހަގަކޮށް، އެ އަދަދަށް ކޮންމެވެސް ކަހަލަ ބަދަލެއް ނުވަތަ ލުޔެއް ގެނެސްދިނުމަށް ރައީސްގެ ކިބައިން އެދިފައެވެ.
އެކަމާއި ގުޅިގެން ރައީސް ވިދާޅުވީ، އެފަދަ ބައްދަލުވުންތަކުގެ ބޭނުމަކީ ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް އަޑުއެއްސެވުމާއި، އެކަންކަމަށް ގެނެވޭނޭ ރަނގަޅަށް ހައްލެއް ހޯދުން ކަމަށެވެ. އެގޮތުން، ޑައުންޕޭމަންޓުގެ ކަމަކީ ވަރަށް ސީރިއަސްކޮށް، ބަލައިދޭނެ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ތިކަމަށް ގެނެވޭނެ ހައްލަކީ، މިދެންނެވީ މި 4000 ފްލެޓުގެ މި ޑައުންޕޭމަންޓް 25،000 ރުފިޔާގެ ކަންތަކުގެ ތި ވިދާޅުވާ ކަންތައް، އެ އުނިކޮށްލުން ނޫނީ އެއަށް ކޮން ކަހަލަ ބަދަލެއްތޯ އަދި މަހުން މަހަށް ދައްކަން ޖެހޭ ވަރު، އެއަށް ކޮން ކަހަލަ ބަދަލެއްތޯ ގެނެވޭނީ އަޅުގަނޑު ގޮއްސަ ބަލާނަން، ބަލާފަ މި އިޝޫގަ ގެނެވެން އޮތް އެންމެ ރަނގަޅު ބަދަލެއް، ތިކަންބޮޑުވުންތަކަށް އެޑްރެސް ކުރުމަށްޓަކައި ގެނެސްދޭނަން، - ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ، އެފްޑީސީގެ 4000 ފްލެޓުގައި ކަރަންޓާއި ފެން ގުޅައި ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަންނަ ހަފްތާގައި އެ މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތައް ނިމި، ދިރާސީ އާ އަހަރު ފެށޭއިރު، އެތަންތަނަށް ވަދެވޭވަރު ކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
އެފްޑީސީގެ 4000 ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ އެޕާޓްމެންޓްތަކަށް 25،000 ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކަން ޖެހޭއިރު، 2 ކޮޓަރީގެ އެޕާޓްމެންޓްތަކަށް ދައްކަން ޖެހެނީ 15،000 ރުފިޔާގެ ޑައުންޕޭމަންޓެކެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން