-8402fff9.png)

އަޙްމަދު ސަދޫފް މޫސާ
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އަމާން އުދަރެސް ފްލެޓްތައް -- ފޮޓޯ: ޓްވިޓާ
4000 ފުލެޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ހުރިހާ ފަރާތްތަކަށް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފުލެޓްގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ވިދާޅުވީ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން 4000 ފުލެޓްގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި، ލިސްޓުގައި ހިމެނޭ ފަރާތްތަކާ ފުލެޓްތައް ހަވާލުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފުލެޓްތައް ހަވާލުކުރުން ލަސްވެގެން ދިޔަ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުރިން ހަދާފައިވާ އިމާރާތް ކުރުމުގެ އެއްބަސްވުމުގެ ތެރޭގައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ގުޅައިދިނުން ހިމެނިފައި ނުވާ ކަމަށެވެ.
އެހެންކަމުން އެ މަސައްކަތްތައް ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީ މެދުވެރިކޮށް ކުރަންޖެހުމާއި، ލޭންޑްސްކޭޕިންގެ މަސައްކަތްތައް ނިންމަން ޖެހުމުން ކޮންމެވެސް ވަރެއްގެ ލަސްވުމެއް އައީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރު ހަވާލުވިއިރު 4000 ފުލެޓްގެ ނިމިފައިވަނީ 32 އިންސައްތަ. މިވީ ދެ އަހަރުތެރޭގައި ބާކީ 68 އިންސައްތަ ނިންމައި އޭގެ އިތުރަށް ފެނާއި ނަރުދަމާއާއި ކަރަންޓް ގުޅުމުގެ މަސައްކަތާއި ލޭންޑް ސްކޭޕިންގެ މަސައްކަތް ކުރުމަށްފަހު ފުލެޓްތައް ލޮބޭ ފަރާތްތަކަށް ހަވާލުކުރެވިގެން މިދަނީ, - ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު
ވަޒީރު އެހެން ވިދާޅުވިއިރު، މިހާރު ވެސް އެ ފްލެޓްތަކުގެ ބައެއް ފްލެޓްތަކުގައި އާންމުން ދަނީ ދިރިއުޅެމުންނެވެ. މި ފްލެޓްތަކަށް އާންމުން ބަދަލުވާއިރު، އެ ފްލެޓްތަކަށް ދައްކަންޖެހޭ އެޑްވާންސްގެ ކަންބޮޑުވުން ވަރަށް ގިނަ ފަރާތްތަކުން ފާޅުކޮށްފައިވެއެވެ.
އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޙައްމަދު މުޢިއްޒު ވަނީ، ގެދޮރުވެރިޔާގެ ފްލެޓް މަޝްރޫއުގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމެންޓަށް 25،000 ރުފިޔާގެ ބޮޑު އެޑްވާންސެއް ދެއްކުމުގެ ކަންބޮޑުވުން އޮތްކަން ވެސް ފާހަގަކުރައްވައިފައެވެ.
އެހެންކަމުން ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި، 10،500 އިން 10،000 އަށް ކުޑަކޮށް، އެ ކޮޓަރިތަކަށް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު 25،000 އިން 8،000 ރުފިޔާއަށް ކުޑަކުރައްވަން ނިންމަވާފައިވާކަން ރައީސް އެރޭ ހާމަކުރައްވައިފައިވެއެވެ.

4 ދުވަސް ކުރިން

10 ދުވަސް ކުރިން

11 ދުވަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން

4 މަސް ކުރިން