-8402fff9.png)

އަޙްމަދު ސަދޫފް މޫސާ
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އަމާން އުދަރެސް ފްލެޓްތައް -- ފޮޓޯ: ޓްވިޓާ
ގެދޮރުވެރިޔާގެ ދަށުން އިމާރަތްކުރި 4،000 ފްލެޓުގެ އެޕާޓްމެންޓުތަކުގެ ކުއްޔާއި އެޑްވާންސްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމަވަފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.
މިރޭ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ގެދޮރުވެރިޔާގެ ފްލެޓް މަޝްރޫއުގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމެންޓަށް 25،000 ރުފިޔާގެ ބޮޑު އެޑްވާންސެއް ދެއްކުމުގެ ކަންބޮޑުވުން އޮތްކަން ފާހަގަކުރައްވާފައެވެ.
އެހެންކަމުން ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި، 10،500 އިން 10،000 އަށް ކުޑަކޮށް، އެ ކޮޓަރިތަކަށް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު 25،000 އިން 8،000 ރުފިޔާއަށް ކުޑަކުރައްވަން ނިންމަވާފައިވާކަން ރައީސް މިރޭ ވަނީ ހާމަކުރައްވާފައެވެ.
އެއާއެކު ރައީސް ވަނީ ދެ ކޮޓަރީގެ އެޕާޓްމެންޓުތަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ވެސް 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކުރަން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ ފްލެޓްތަކުގެ އެޑްވާންސް ވެސް 15,000 އިން އެއް މަހަށް ކުޑަކުރެއްވުމަށް ނިންމަވާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އޭގެ އިތުރަށް ވެސް ހިޔާ ފްލެޓާއި އެ ފްލެޓްތަކުގެ ކުލީގައި އާންމުންގެ ފަރާތުން ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން