-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ހިޔާ ފްލެޓް-- ފޮޓޯ: ދައުރު
ކުރީގެ ހައުސިން ސްކީމްތަކުގެ ދަށުން އެއް ކޮޓަރީގެ ފްލެޓް ލިބިފައި ތިބި މީހުންގެ ތެރެއިން ދަރިން ތިިބި މީހުންނަށް ތިން ކޮޓަރީގެ ފްލެޓަށް އެދި ހުށަހެޅޭ ގޮތަށް ކަނޑައަޅާފިއެވެ.
މި ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެނަށް' ސިޔާސަތުގެ ދަށުން ފްލެޓްތައް ދޫކުރަން އޮތް އުސޫލުގައި މި ފުރުސަތު ދީފައެއް ނުވެ އެވެ. ނަމަވެސް މާލޭގެ އަވަށްތަކުގައި ބޭއްވި ބައްދަލުވުންތަކުގައި ބައެއް މީހުންގެ ފަރާތުން މި ފުރުސަތު ދިނުމަށް އެދުނެވެ.
ރައްޔިތުންގެ ފަރާތުން ލިބުނު ހިޔާލުތަކަށް ފަހު މިހާރު އުސޫލު ބަދަލުކޮށްފައިވަނީ ސަރުކަާރުގެ ބޯހިޔާވަލިކަމުގެ ޕްރޮގްރާމެއްގެ ދަށުން އެއް ކޮޓަރީގެ ފްލެޓް ލިބިފައި ތިބި މީހުންގެ ތެރެއިން 18 އަހަރު ނުފުރޭ ދަރިން ތިބި ނަމަ ތިން ކޮޓަރީގެ ފްލެޓަށް އެދި ހުށަހެޅޭނެ އެވެ. އަދި ދެ ކޮޓަރީގެ ފްލެޓް ލިބުނު މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި މީހުނަށް ވެސް ތިން ކޮޓަރީގެ ފްލެޓަށް އެދި ހުށަހެޅޭނެއެވެ.
މާލެ ސަރަހައްދުން އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި 400 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮތް ނަަމަވެސް ފްލެތަށް އެދި ހުށަހެޅޭނެއެވެ.
ހަމައެހެންމެ މާލެ ރަށްވެހީންގެ ކެޓެގަރީއިން 10,000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓެގަރީއިން 3,000 ގޯތި އަދި ހާއްސަ އިސްކަންދޭ ކެޓެގަރީއިން 2,000 ގޯތި ދިނުމަަށް ވަނީ ހަަމަޖެހިފައެވެ.
މާލެ ރަށްވެހިންގެ ކެޓެގަރީއިންނާއި ހާއްސަ އިންކަންދޭ ކެޓެގަރީއިން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުނަނާއި ރަސްމާލެއިންނެވެ. މާލޭގައި ދިރިއުޅެ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދިމުނަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.
މީގެއިތުރުން މާލޭގެ ވަކި ގެއަަކަށް ނިސްބަތް ނުވާ މާލެ ދަފްތަރުގައި ރަޖިސްޓްރީ ވެފައި ތިބި މީހުންނަށް ހާއްސަކުރެވިގެން 1,000 ގޯއްޗާއި 1,000 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ ރަށްވެހިންނަށް 4,000 ފްލެޓާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ހާއްސަކޮށް 1,500 ފްލެޓާއި ހާއްސަ އިސްކަންދޭ ކެޓެގަރީ އިން 2,400 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

11 ދުވަސް ކުރިން

19 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން