-8402fff9.png)
މިރާޝް މޫސާ
ދަ މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕުގައި މިއަދު ކުޅުނު މެޗުގެ ތެރެއިން ---
ނ. ކެނދިކުޅުދޫގައި މިއަދު ފެށި ކުއާޒޯ ދަ މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ނައިފަރު ޗެލްސީން ކާމިޔާބުކޮށްފިއެވެ.
މިއަދު ހަވީރު ކުޅުނު މި މެޗު ނައިފަރު ޗެލްސީން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. ނައިިފަރުން ޑޮމިނޭޓްކޮށްގެން ކުޅުނުމެޗުގައި ނައިފަރުގެ ތިން ލަނޑު ވެސް ޖަހާފައިވަނީ ދެވަނަ ހާފުގެ ތެރޭގައެވެ.
ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި ނައިފަރަށް ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ އޮލަޑިމެޖީ ޖިމޮހް އެވެ. އޭނާއަށް އެ ފުރުސަތު ފަހިކޮށްދިނީ އިތުރު ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ ޕްރިންސްއެވެ. މެޗުގެ 61ވަނަ މިނެޓުގައި އޭނާ ވަނީ ރީތި ގޯލަކުން ނަތީޖާގެ ފަރަގު ބޮޑުކޮށްދީފައެވެ. ޕްރިންސް ވަނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. މެޗުގެ 71ވަނަ މިނެޓުގައި ނައިފަރުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނަދީމެވެ.
މި ނަތީޖާއާއެކު، ނައިފަރު ޗެލްސީ ވަނީ މުބާރާތުގެ ފުރަތަމަ މޮޅާއެކު ގުރޫޕް އޭގެ އެއްވަނައަށް ޖެހިލާފައެވެ. މިރޭ ވެސް އެ ގުރޫޕުގެ މެޗެއް ކުޅޭނެއެވެ. މުބާރާތް ރަސްމީކޮށް ފަށާ މެޗުގައި މިރޭ ވާދަކުރާނީ ކޮމެޓްސް އާއި ވިންޑް ވޯރިއާސްއެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގައި ޖުމްލަ އަށް ޓީމު ވާދަކުރެއެވެ. މީގެ ތެރޭގައި ކެނދިކުޅުދޫގެ އިތުރުން، ސަރަހައްދުގެ އެކި ރަށްރަށަށް ނިސްބަތްވާ ޓީމްތައް ހިމެނެއެވެ.
ގްރޫޕް ސްޓޭޖްގެ މެޗުތަކަށްފަހު ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ މަހު 30ވަނަ ދުވަހުގެ ރޭގައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ރަނަރަޕް ޓީމަށް ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ވިންޑް ވޯރިއޯސްއެވެ. ރަނަރަޕް ޓީމަކީ ނައިފަރު ޗެލްސީއެވެ.
-f8b94b6d.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން