-8402fff9.png)
މިރާޝް މޫސާ

ކުއާޒޯ ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގެ ދެވަނަ މެޗް ކާމިޔާބުކޮށް، ފަހުގެ ޗެމްޕިއަން، ވިންޑް ވޯރިއާސް އިން ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
ރޭ ކުޅުނު ސެމީގެ ދެ ވަނަ މެޗުގައި އެ ޓީމުން ބައްދަލުކުރީ މާޅެންދޫ އެފްޓީއާއެވެ. އެ މެޗު ވިންޑް ވޯރިއާސް އިން ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ. ސްޓާ ޕްލޭޔަރުން ގިނަ ވިންޑް ވޯރިއާސް އިން ވަނީ މި މެޗު ފެށުނީއްސުރެ ޑޮމިނޭޓުކޮށްގެން ކުޅެފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު އެ ޓީމުގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ހިލޭ ޖެހުމެއް ސީދާ ގޯލަށް ވައްދާލައިގެން، އެ ޓީމުގެ ޖޯޒީ ނަންބަރު ހަތެއް، އަބްދުﷲ ޔާމީން (ޔާނު) ވަނީ ލީޑު ފުޅާކޮށްފައެވެ. ދެވަނަ ހާފުގެ ތެރޭ ޔާނު ވަނީ އިތުރު ދެ ލަނޑު ޖަހާ، ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ޔާނުއެވެ. ވިންޑް ވޯރިއާސްގެ ފަސްވަނަ ލަނޑުު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރިޒްވާނެވެ.
މެޗުގައި މާޅެންދޫގެ ދެ ލަނޑު ވެސް ފެނުނީ ފަހު ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެ ދެ ލަނޑު ވެސް ޖަހައިދިނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އެވެ.
މި ނަތީޖާއާއެކު، މި މަހުގެ 30 ވަނަ ދުވަހު އޮންނަ ފައިނަލް މެޗުގައި ވާދަކުރާނީ ވިންޑް ވޯރިއާސް އާއި، ނައިފަރު ޗެލްސީއެވެ. މިއީ މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ކުޅުނު ދެޓީމެވެ. މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ވިންޑް ވޯރިއާސް އިންނެވެ.
-f8b94b6d.jpg)
1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން