-8402fff9.png)
މިރާޝް މޫސާ
މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި ނައިފަރު ޗެލްސީގެ ކުޅުން ތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ސިޑިބަރި
ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މާފަރު އެސްސީގެ މައްޗަށް ކުރިހޯދައި، ނައިފަރު ޗެލްސީން ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ފުރަތަމަ ހާފުގެ ކުޅުން ފެށިގެން މާފަރު ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަައެެވެ. އެގޮތުން، މެޗުގެ 36ވަނަ މިނެޓްގައި މާފަރުގެ ކެޕްޓަން އައްޒާމް އަބްދުﷲ (އެޑު) ޖަހައިދިން ގޯލުން އެ ޓީމުން ވަނީ ލީޑު ހޯދާފައެވެ. ނައިފަރު ޗެލްސީއަށް ފުރަތަމަ ހާފުގައި ގޯލު ޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފި، ހާފު ނިމުނީ މާފަރު ކުރީގައި އޮވެގެންނެވެ.
ނަމަވެސް ދެވަނަ ހާފު ފެށުނުތާ މާގިނަ އިރެއް ނުވެ، ކޯނަރަކުން ލިބުނު ފުރުސަތެއްގައި ނައިފަރު ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯޒީ ނަންބަރު ހަތަރެއް، އަހުމަދު އަޝްރަފެވެ ނައިފަރަށް ލީޑު ނަގައިދިން ގޯލު ކާމިޔާބުކޮށްދިޏީ ޖޯޒީ ނަންބަރު އަށެއް މަފާޒް އަބްދުއްޝަކޫރެވެ.
މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ނައިފަރުގެ ޖާޒީ ނަންބަރު 30 ޕްރިންސް ބޯޑޫ ތިންވަނަ ގޯލް ޖަހައި ނައިފަރުގެ ލީޑް އިތުރަށް ފުޅާކޮށްދިނެވެ. ދެވަނަ ހާފުގައިވެސް ދެ ޓީމަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުނަމަވެސް، މެޗު ނިމުނީ 3-1 އިން ނައިފަރު ޗެލްސީ ކުރިވެފައެވެ.
މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ހޮވުނީ ނައިފަރު ޗެލްސީގެ އަހުމަދު އަޝްރަފެވެ.
މުބާރާތުގެ ސެމީ ފައިިނަލްގެ ދެވަނަ މެޗުގައި މިރޭ ވާދަކުރާނީ ވިންޑް ވޯރިއާސް އާއި މާޅެންދޫއެވެ. އެ މެޗުން މޮޅުވާ ޓީމެއް ނައިފަރު ޗެލްސީއާ ވާދަކުރާ ފައިނަލް މެޗު އޮންނާނީ މިމަހުގެ 30ވަނަ ދުވަހުއެވެ.
-f8b94b6d.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން