-8402fff9.png)

މަރްޔަމް މާޙީ

މުޅި ރާއްޖެއަށް ހުޅުވައިލައިގެން ނ. ކެނދިކުޅުދޫގައި ބާއްވާ ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގެ މީޑިއާ ޕާޓްނަރަކަށް ނުކުތާއާއެކު ސޮއިކޮށްފިއެވެ.
މީޑިއާ ޕާޓްނަރަކަށް ނުކުތާ ހަމަޖެއްސުމަށް ކެނދިކުޅުދޫ ކައުންސިލާއި ނުކުތާއާ ދެމެދު ވަނީ ފަހުމު ނާމާއެއްގައި ސޮއިކުރެވިފައެވެ. މި ފަހުމުނާމާގައި ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގެ ފަރާތުން ސޮއިކުރެއްވީ ނ.ކެނދިކުޅުދޫގެ ރައީސް މުހައްމަދު ރައޫފް އެވެ. އަދި ނުކުތާގެ ފަރާތުން ސޮއިކުރެއްވީ ނުކުތާގެ ސީއީއޯ އާލިމް އަބްދުއްލަތީފެވެ.
މިކަމާ ގުޅިގެން ކެނދިކުޅުދޫގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވީ ސޮއި ކުރެވިގެންދިޔަ އެއްބަސްވުމާއެކު ވަރަށް ބޮޑު އެކްސްޕޯޒާ މުބާރާތަށް ލިބޭނެ ކަމަށެވެ.
“ނުކުތާ އަކީ އޮންލައިން މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރާ ވަރަށް ޕޮޓެންޝަލް މީޑިއާ އެއް،” އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ރައޫފް ވިދާޅުވީ ނުކުތާއާއެކު މަސައްކަތް ކުރަން ލިބުމަކީ މެންގްރޫވް ކަޕަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.
މި މުބާރާތަކީ ރަށު ރައްޔިތުންނަށް ބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވައިދިނުމަށްވި ވައުދު ފުއްދުމުގެ ގޮތުން ފެށި މުބާރާތެއްކަން ފާހަގަކުރައްވައި ރައުފް ވިދާޅުވީ މުބާރާތުގެ ފުރަތަމަ އަހަރު ހަމައެކަނި ރަށު ޓީމުތަކަށް ހުޅުވާލެވުނު ނަމަވެސް ދެވަނަ އަހަރު އެހެން ޓީމުތަކަށް ބަރިވެރިވުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެކަމަށެވެ.
އަދި ތިންވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މުބާރާތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނުކަން ކެނދިކުޅުދޫ ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ގައުމީ ފުޓުބޯޅަ ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ވެސް ވަނީ މިދިޔަ އަހަރު ދި މެންގްރޫވް ކަޕުގައި ބައިވެރިވެފައެވެ.
“މިއަހަރުގެ މުބާރާތް ވެސް މިދިޔަ އަހަރެކޭ އެއްގޮތަށް އަދި އެއަށް ވުރެ ވެސް ފުރިހަމައަށް ފޯރިއާއެކު ކުރިއަށްދާނެ ކަމަށް ގަބޫލު ކުރަން. މިއަހަރުގެ މެޗުތައް ކޮންމެތާކު ހުރެ ވެސް ބެލޭނެ އިންތިޒާމުތައް ފަހި ކުރެވޭނެ،” އޭނާ ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން ނުކުތާގެ ސީއީއޯ ޢާލިމް ވިދާޅުވީ މުބާރާތުގެ ކަވަރޭޖް އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުމަށް ވަރަށް އިސްކަމެއް ދީގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް ފަދަ މަގުބޫލު މުބާރާތެއްގައި މަސައްކަތްކޮށްލަން ލިބުމަކީ މުޅި ނުކުތާ ޓީމަށް ވެސް ލިބުނު އުފަލެއް ކަމަށް ވިދާޅުވިއެވެ.
"މުބާރާތާއެކު ކެނދިކުޅުދޫގެ އެކި ކަހަލައިގެ ސްޓޯރީތައް ވެސް އަޅުގަނޑުމެން އިންޝާالله ގެނެސްދޭނަން," އޭނާ ވިދާޅުވިއެވެ.
ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް މުބާރާތުގައި މި އަހަރު ވަނީ އަށް ޓީމެއް ބައިވެރިވެފައެވެ.
މި މުބާރާތުގައި މި އަހަރު ވަނީ އަށް ޓީމެއް ބައިވެރިވެފައެވެ.
އެ ޓީމުތަކަކީ؛
1. ވިންޑް ވޯރިއޯސް
2. ނައިފަރު ޗެލްސީ އެފްސީ
3. މަނަދޫ ސްޕޯޓްސް ކްލަބް
4. މާފަރު އެފްސީ
5. މާޅެންދޫ އެފްޓީ
6. ކޮމެޓްސް ސްޕޯޓްސް ކްލަބް
7. ހެނބަދޫ ފުޓްބޯލް ޓީމް
8. ވެލިދޫ ސްޕޯޓްސް ކްލަބް
މުބާރާތް ފެށެން މަދު ދުވަސްކޮޅަކަށްވެފައި އޮތްއިރު، މިހާރު ޓީމުތަކުން ވަނީ ފަރިތަކުރުންތައް ފަށައިފައެވެ.
މުބާރާތް މި އަހަރު ކުޅެވޭނީ ދެ ގުރޫޕަކަށް ބަހައިލައިގެންނެވެ. ގްރޫޕް ސްޓޭޖްގެ މެޗުތަކަށްފަހު ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
މިހާރު ޝެޑިއުލްކުރެވިފައިވާ ގޮތުން، މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ މަހު 30ވަނަ ދުވަހުގެ ރޭގައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ރަނަރަޕް ޓީމަށް ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ވިންޑް ވޯރިއޯސްއެވެ. ރަނަރަޕް ޓީމަކީ ނައިފަރު ޗެލްސީއެވެ.
-f8b94b6d.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން