-8402fff9.png)
މިރާޝް މޫސާ

މާއުނގޫދޫ ކައުންސިލް އިންޓަ އޮފީސް ފުޓްސަލް ކަޕް ކާމިޔާބުކުރި ކައުންސިލްގެ ޓީމް
ށ. މާއުނގޫދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ ޓީމުން ހޯދައިފިއެވެ.
މި މަހުގެ 21ވަނަ ދުވަހު ފެށި މި މުބާރާތުގައި އެ ރަށުގެ ހަތަރު މުއައްސަސާއެއްގެ ޓީމުތައް ވާދަކޮށްފައިވެއެވެ. އެގޮތުން ފެނަކަ އާއި، ކައުންސިލްގެ އިތުރުން، ސިއްހީ މަރުކަޒު އަދި ސްކޫލުގެ ޓީމުތައް މުބާރާތުގައި ކުޅުނެވެ.
ލީގު އުސޫލުން ކުޅުނު ބުރުގައި އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ފައިނަލަށް ދަތުރުކުރީ ފެނަކަ ޓީމާއި ކައުންސިލް ޓީމެވެ.
އިއްޔެ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމު އޮތީ 2-2ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ މާއުނގޫދޫ ކައުންސިލުގެ ޓީމުންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ރިފާޒެވެ. ނަމަވެސް، މެޗުގެ މޮޅު ކުޅުންތެރިޔާ، އިސްމާއީލް ޝިނާންގެ ދެ ލަނޑުން ފެނަކަ ޓީމް ލީޑު ހޯދިއެވެ. ކައުންސިލަށް ނަތީޖާ އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއެއްގައި ހުސައިން މުނާޒެވެ.
ފެނަކައިން މެޗު ކާމިޔާބުކުރީ، ފުރިހަމަ ވަގުތު ހަމަވެގެން ޖެހި ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މާއުނގޫދޫގެ މުއައްސަސާތަކުގެ މެދުގައި މީގެ ކުރިން ވެސް މިފަދަ މުބާރާތްތައް ކައުންސިލްގެ ފަރާތުން ވަނީ އިންތިޒާމުކޮށްފައެވެ.

10 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން