-8402fff9.png)
މިރާޝް މޫސާ

މާޅެންދޫ ފުޓްސަލް ޗެލެންޖުގައި ކަބަޓާން އެސްސީ އާއި، އެންޖީ ބައްދަލުކުރި މެޗުގެ ތެރެއިން —
މާޅެންދޫ ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލްގައި މިއަދު ކަބަޓާން އެސްސީ އާއި ކަބަޓާން އެންޖީ ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ކަބަޓާން އެސްސީ އިން ކާމިޔާބުކޮށްފިއެވެ.
އެ މެޗު ކަބަޓާން އެސްސީން ކާމިޔާބުކުރީ 14-5 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކަބަޓާން އެސްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ފާސިރު، އައިހަމް، ޝާފީން، އަފީފް، އަދީލް، ފައުޒާން އަދި ފަރުހާނެވެ.
މީގެ ތެރެއިން ފާސިރު ވަނީ ހަ ލަނޑު ޖަހައި، ޑަބަލް ހެޓްރިކް ހަދާފައެވެ. އައިހަމް، ޝާފީން އަދި ފަރުހާން ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ.
ކަބަޓާން އެންޖީގެ ލަނޑުތައް ޖަހައިދިނީ ޖައިލަމް، ސާނިފް، އިރުފާން، ސާނިއު އަދި އަޒްމީރެވެ.
މި ނަތީޖާއާ އެކު، މުބާރާތުގެ ފައިނަލުގެ އެއް ޖާގަ ކަބަޓާން އެސްސީ އިން ވަނީ ކަށަވަރުކޮށްފައެވެ. އަނެއްކޮޅުން ފައިނަލްގައި ބައްދަލުކުރާ ޓީމް ކަށަވަރު ވާނީ ކަބަޓާން އެފްޓީ އާއި ޓެމަރާރިއޯސް މާދަމާ ބައްދަލުކުރާ ސެމީ ފައިނަލަށް ފަހުއެވެ.

10 މަސް ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން