-8402fff9.png)
މިރާޝް މޫސާ

މާޅެންދޫ ފުޓްސަލް ޗެލެންޖުގައި ކަބަޓާން ފުޓްސަލް ޓީމުން ކަބަޓާން ނިއު ޖެނެރޭޝަން ބަލިކޮށް ގުރޫޕުގެ އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއަދު ހަވީރު މާޅެންދޫ ފުޓްސަލް ދަނޑުގައި ކަބަޓާން އެފްޓީއާއި ކަބަޓާން އެންޖީ ވާދަކުރި މެޗު އެއްވަރުވީ 4-4 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނެވެ. މެޗުގައި ކަބަޓާން އެފްޓީގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ނައުފަލް އާއި އައިހަމް ހަމްދޫން (އައިހަމްސްކީ)އެވެ. އައިހަމްސްކީ ވަނީ ދެ ގޯލު ޖަހައިފައެވެ. ދެން އެ ޓީމަށް ލިބުނީ ކަބަޓާން އެންޖީގެ ކީޕަރު ފަތީން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ކަބަޓާން އެންޖީގެ ގޯލުތައް މެޗުގައި ކާމިޔާބު ކޮށްދިނީ އަބްދުالله ހާފިޒާއި ޝައުފާން މޫސާގެ އިތުރުން އަހްމަދު ސާނިއުއެވެ. ޝައުފާން ވަނީ ދެ ގޯލު ޖަހައިފައެެވެ.
މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދައްކައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޮދީ ނ. ކެނދިކުޅުދުއަށް ނިސްބަތްވާ ފޯވާޑް އިބްރާހިމް އަލީމް (އަލިންޓޭ)އެވެ. އޭނާ ވަނީ މެޗުގައި އެސިސްޓު ކޮށްފައެވެ.
މޮ މޮޅާއެކު ކަބަޓާން އެފްޓީ ސެމީ ފައިނަލަށް ދަތުރުކުރީ ގުރޫޕު އެކެއްގެ އެއްވަނައިގެ ގޮތުގައެވެ. އަދި ކަބަޓާން އެންޖީ ދަތުރުކުރީ އެ ގުރޫޕުގެ ދެވަނައިގެ ގޮތުގައެވެ.
ސެމީ ފައިނަލުގެ މެޗުތައް އޮންނާނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހާއި ހޯމަ ދުވަހުއެވެ. އާދީއްތަ ދުވަހު ވާދަކުރާނި ގުރޫޕު އެކެއްގެ އެއްވަނަ, ކަބަޓާން ސްޕޯޓްސް ކްލަބާއި ގުރޫޕު ދޭއްގެ އެއްވަނަ ކަބަޓާން ނިއު ޖެނެރޭޝަންއެވެެ. އަދި ހޯމަ ދުވަހު ވާދަކުރާނީ ގުރޫޕު ދޭއްގެ އެއްވަނަ ކަބަޓާން އެފްޓީއާއި ގުރޫޕު އެކެއްގެ ދެވަނަ ޓެމަރާރިއޯސްއެވެ.
މުބާރާތުގެ ފައިނަލު މެޗު ކުޅެވޭނީ އަންނަ ހަފްތާގެ ބުދަ ދުވަހުއެވެ.

10 މަސް ކުރިން
-5e457b19.jpg)
1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން